ކޮރަޕްޝަން އަދި ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.
އަދީބު، ޖަލަށް ލާފައިވާތާ ތިން އަހަރު ވެފައިވާކަން ފާހަގަ ކުރައްވަމުން މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުރިހާ ގައިދީންނާ މެދު ވެސް އަމަލު ކުރަން ޖެހޭނީ އިންސާނިއްޔަތުކަމާ އެކު ކަމަށެވެ.
"ޑޮކްޓަރުން ލަފާދީފައިވާ ނަމަ ރާއްޖެއިން ބޭސް ފަރުވާ ކުރުމަށް ރާއްޖެއިން [އަދީބަށް] ބޭރަށް ދިއުމުގެ ފުރުސަތު ލިބެން ޖެހޭނެ،" ޖަލުން މިނިވަންވުމާ އެކު، ބޭސްފަރުވާއަށް މެލޭޝިއާ އަށް ވަޑައިގެން ހުންނެވި މައުމޫން ވިދާޅުވި އެވެ.
It is 3 years since former VP Adeeb was jailed. As all prisoners, he must be treated humanely and must be allowed to go abroad for medical treatment as advised by doctors.— Maumoon Abdul Gayoom (@maumoonagayoom) October 24, 2018
މައުމޫން ކުރައްވާފައިވާ ޓުވީޓު:އިމެޖެންސީކޮށް އަދީބަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ބޭނުންވާ ކަމަށް އާއިލާއިން އަންނަނީ ބުނަމުންނެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަ އަދި ރައީސް އަބްދުﷲ ޔާމީންގެ ރަސްމީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލަން އުޅުނު މައްސަލައިގައި 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ ސިއްހީ މައްސަލަތަކުގެ ތެރޭގައި ގްލުކޯމާ ޖެހުމާއި އެތެރެހަށީގައި ސިސްޓެއް އުފެދިފައިވުން ހިމެނެ އެވެ.
އަދީބަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިނުމަށް މައުމޫން ގޮވާލެއްވިއިރު، ގާތްގަނޑަކަށް އަށް މަސް ދުވަސް ޖަލުގައި ހޭދަ ކުރައްވާފައިވާ މައުމޫން ޖަލުގައި ހުންނެވި އިރު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު އެމަނިކުފާނަށް ދިނުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ.
މި ވަގުތު މައުމޫން ހުންނެވީ މެޑިކަލް ޗެކަޕެއް ހެއްދެވުމަށް މެލޭޝިޔާގެ ކުއާލާލަމްޕޫރުގަ އެވެ. އެމަނިކުފާނު ފުރާވަޑައިގަތީ އިއްޔެ އެވެ.
ބޭސްފަރުވާ ކުރުމުގެ ހިދުމަތް ނުލިބިގެން އެ މައްސަލައިގައި އަދީބު ވަނީ ދައުލަތާ ދެކޮޅަށް ދައުވާ ވެސް ކުރައްވައިފަ އެވެ. ނަމަވެސް ސިވިލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެވެ.
އަދީބަށް ބޭސް ފަރުވާގެ ފުރުސަތު ދިނުމަށް މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ