ގޯތި ދޫކުރުމުގެ ނަމުގައި ހިންގާ ޖަރީމާތައް ރައްޔިތުން ނުކުމެ ހުއްޓުވަން ޖެހިދާނެ: ޑެޕިއުޓީ މޭޔަރ

އައްޑޫ ސިޓީ އިން ގޯތި ދޫކުރުމުގެ ނަމުގައި ހައުސިން މިނިސްޓްރީން ހިންގަނީ ޖަރީމާ އެއް ކަމަށް އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ސިފަކުރައްވައިފިއެވެ.
ހަައުސިންގ މިނިސްޓްރީން އެންމެ ފުރަތަމަ އައްޑޫސިޓީ އިން އިޢުލާން ކުރީ 400 ގޯތި ދޫކުރުމަށެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ދޫކުރި މި400 ގޯތީގެ އިތުރަށް އިތުރު 50 ގޯއްޗެއް ދޫކުރުމަށް ހައުސިން އިން މިހާރު ވަނީ ނިންމާފައެވެ.
މިކަމާގުޅޭ ތަފްސީލެއް ހޯދާލުމަށް ހައުސިން މިނިސްޓްރީގެ އައްޑޫ ގޮފިން ވަނީ ދެކޮޅު ހަދާފައެވެ.
މިކަމާގުޅިގެން އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރ މުހައްމަދު ޔަސްރިފުވަނީ ހައުސިން މިނިސްޓްރީން އައްޑޫން ގޯތި ދޫކުރުން ހުއްޓާލުމަށް ގޮވާލައި އެކަން ނުހުއްޓައިފި ނަމަ ރައްޔިތުން ނިކުމެ އެ މަސައްކަތް ހުއްޓުވަން ޖެހިދާނެ ކަމުގެ އިންޒާރު އެ މިނިސްޓްރީ އަށް ދެއްވާފައެވެ.
މީގެ އިތުރަށް ޔަސްރިފު ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އައްޑޫގެ 70 އިންސައްތަ ރައްޔިތުން ތިބީ މުއިއްޒުގެ މިނިސްޓަރު ކަމާއި ދެކޮޅަށްކަން ހާމަވެފައިވާ ކަން ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ