ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ބައެއް ސަރަހައްދުތަަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.
ވައިޓް އެލާޓް ނެރެފައި ވަނީ ވ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު 11:00 އާއި ހަމައަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރޭ ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި ރާޅުތައް 2 ފުޓާއި 5 ފުޓާއި ދެމެދުގެ އުސްމިނަކަށް އުފުލުން އެކަށީގެންވާ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެއެވެ. މީގެތެރެއިން ބައެއް ރަށްތަަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވެއެވެ. އުތުރުގެ އަތޮޅުތަކަށް ކެރީގެއަސަރު ފޯރާނެއެވެ.
އިރުއުތުރާއި އިރުން، އުތުރާއި މެދުތެރޭގެ އަތޮޅު ތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.
އުތުރާއާއި މެދުތެރޭ އަތޮޅު ތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.
މިއަދު ވެސް މޫސުން ގޯސް، ބައެއް އަތޮޅުތަކަށް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ