މޯލްޑިވްސް އިސްލާމިކް ބޭންކުގައި އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް އަމިއްލަ ފަރާތަކުން ޖަމާކުރި އެއް މިލިއަން ޑޮލަރު، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހަވާލުކުރެއްވި ކަމަށް އޭސީސީން ބުނެފިއެވެ.
އޭސީސީން ބުނީ ކުރީގެ ރައީސް ޔާމީން އެފައިސާ އޭސީސީއާ ހަވާލުުކުރެއްވީ ރިޔާސީ އިންތިހާބުގެ ކުރިން ކަމަށާއި، އެ ފައިސާ މިހާރު ހުރީ އޭސީސީގެ ދަށުގައި އޮތް ވަކި އެކައުންޓެއްގައި ކަމަށެވެ.
މި ފައިސާ އަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ހިޔާނާތާއި ގުޅުންހުރި ފައިސާކަމަށް ތުހުމަތު ކުރެވެމުން ދަނިކޮށް، އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް އެއްމިލިއަން ޖަމާކުރިކަން އޭސީސީގެ ތަހުގީގަށް ސާބިތުވިކަމަށް އޭސީސީން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި މި ފައިސާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ އެސްއޯއެފްގެ ހިއްސާދާރުންނާ ގުޅުން ހުރި މައްސަލައެއް ކަމަށް އޭސީސީން އެއިރު ވަނީ ބުނެފައެވެ. އަދި އެ މައްސަލައިގަ އެސްއޯއެފްގެ ހިއްސާދާރުންނާ ސުވާލު ނުކުރެވިގެން މައްސަލަ ފައިލް ކުރެވުނެވެ.
މި މައްސަލައިގައި އޭސީސީން ބުނީ ރައީސް ޔާމީންގެ އެކައުންޓަށް އަމިއްލަ ފަރާތަކުން ޖަމާކުރި އެއްމިލިއަން ޑޮލަރު ހުރީ އޭސީސީގެ ވަކި އެކައުންޓެއްގައި ކަމަށެވެ. އަދި މި މައްސަލައަކީ ބަލަމުންދާ މައްސަލައެއް ކަމުން މިވަގުތު އިތުރު މައުލޫމާތު ހާމަކުރެވެން ނެތްކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން މި ފައިސާ އިންތިހާބުގެ ކުރިން އޭސީސީއާ ހަވާލުކުރެއްވިއެވެ.
ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމީވި މައްސަލަ ފައިލްކޮށް އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވީ ދެ ބުރެއްގެ މަތިން ކަމަށެވެ. އެގޮތުން އޮކްޓޯބަރފު 13، 2015 ގައި 500،000 ޑޮލަރު ޖަމާކޮށްފައި ވާއިރު އެ މަހުގެ 15 ގައި އިތުރު 500،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ހަވާލުކޮށްފި: އޭސީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ