މެމްބަރު ހުސައިން މަނިކު ދޮންމަނިކުވެސް ޖޭޕީއަށް

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކުވެސް މިރޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
ހުސައިން މަނިކު ޖޭޕީއަށް ސޮއިކުރެއްވީ މީގެ ކުޑައިރުކޮޅެއް ކުރިން ޖޭޕީގެ މައި އޮފީސް ކުނޫޒްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ޖޭޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހުސައިން މަނިކު ޖޭޕީއަށް ސޮއި ކުރެއްވުމުގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހުވެސް މިރޭ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައެވެ.
ހުސައިން މަނިކާއި ޝާހު މިރޭ ޖޭޕީއަށް ސޮއި ކުރެއްވިއިރު ރޭވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ވެސް ޖޭޕީއަށް ސޮއި ކުރައްވާފައެވެ.
ވެރިކަން ބަދަލުވިފަހުން ޖޭޕީއަށް ސޮއިކުރެއްވި އިތުރު މެމްބަރުންގެ ތެރޭގައި، ކަނޑިތީމު ދާއިރާގެ މެމްބަރު މުހަންމަދު ހުސައިނާއި މާވަށު ދާއިރާގެ މެމްބަރު އަހްމަދު އަޒްހާން ފަހުމީއާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިނެނިވަޑައިގަންނަވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހިމެނި ވަޑައިގަންނަވައެވެ.
މީގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފްވެސްވަނީ މި ފަހުން ޕޭޕީއަށް ސޮއިކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ