ބައުންސް 2007 މިރޭ ހަވީރު އޮންލައިނުން ވަގުތުން އޯޑިއޯކާސްޓްކުރާނެ

އައިލެންޑް އިވެންޓާއި ބަނޑޮސް އައިލެންޑް ރިސޯޓް ގުޅިގެން މިރޭ ބާއްވާ "ބައުންސް 2007" ހަވީރު އޮންލައިނުން ވަގުތުން އޯޑިއޯ ކާސްޓްކުރާނެ އެވެ.
މިރޭ 00: 9 ން 00: 1 އަށް ކުޑަބަނޑޮހުގައި ބާއްވާ ޝޯ ހަވީރު އޮންލައިނުގެ އިތުރުން 95.6 ކެޕިޓަލް ރޭޑިއޯއިން ވަގުތުން ބްރޯޑްކާސްޓްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި ރޭގެ ޝޯގައި އޮސްޓްރޭލިއާގެ މަޝްހޫރު ޑީޖޭއިން ކަމަށްވާ ޑީޖޭ ކިނާ އާއި ޑީޖޭ ބޮއިޑް ވެސް ޕާފޯމްކުރާނެ އެވެ. މި ޝޯގެ ޓިކެޓެއްގެ އަގަކީ 200ރ. އެވެ.
ބައުންސް 2007 އާ ބެހޭ އިތުރު މައުލޫމާތު ހަވީރު އޮންލައިނުން ލިބިވަޑައިގަންނަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ