ހދ. ނޮޅިވަރަމު ރައްޔިތުންގެ ބަޔަކު ރަށުން ކަރަންޓް ކަނޑާލައި އިންޖީނުގެ ހިސޯރުކޮށްފި

ހދ. ނޮޅިވަރަމު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެ ރަށުން ކަރަންޓް ކަނޑާލައި އިންޖީނުގެ ހިސާރުކޮށްފި އެވެ.
މިއަދު ހެނދުނު 10 ޖަހާކަށްހާއިރު، ރަށުން ކަރަންޓް ކަނޑާލައި އިންޖީނުގެ ހިސާރުކުރި މީހުން ބުނަމުން ދަނީ އިންޖީނުގެ އަށް ހަރަދުކުރާ ފައިސާ، ހަރަދުވާ ގޮތް ރަށު އޮފީހުން ބުނެނުދެނީސް އިންޖީނުގެ ނުހުުޅުވާނެ ކަމަށެވެ. ހދ. އަތޮޅުވެރިޔާ މުހައްމަދު ދީދީ ވިދާޅުވީ މިކަމުގައި އިސްވެ އުޅެނީ ދެކުނު އަވަށު މީހުންކަމަށެވެ.
އަތޮޅުވެރިޔާ ވިދާޅުވި ގޮތުގައި މިކަން ފެށިފައިވަނީ ވެއަތުވެ ދިޔަ ތިން މަސްދުވަހުގެ ކަރަންޓު ބިލު ގޭގެއަށް ލިބިފައިނުވާތީ އެވެ. ރަށުން ކަރަންޓް ކަނޑާލާފައި ވުމުން، ރަށުގެ ސިއްހީ މަރުކަޒުގައި ހުރި ވެކްސިންތައް ހަލާކުވާން ކައިރިވެއްޖެ ކަމަށާއި މިއަދުގެ ހުކުރު ނަމާދު އެތައް ބަޔަކަށް ގެއްލިއްޖެ ކަމަށް ވެސް އަތޮޅުވެރިޔާ ވިދާޅުވިއެވެ.
ރައްޔިތުންގެ ތެރެއިން ބަޔަކު ބުނަނީ ފާއިތުވި ތިން މަސްދުވަހު އިންޖީނުގެ ހިންގަމުން ދަނީ، އިންޖީނުގޭގައި ފައިސާ ނެތިގެން، ރަށު އޮފީސް ހިންގުމަށް ހުންނަ ފައިސާއިން ކަމަށާއި އިންޖީނުގެއަށް ލިބޭ ފައިސާ ޚަރަދުކުރާ ގޮތާއި މުވައްޒަފުންނަށް މުސާރަ ދޭ ގޮތް ނޭނގެނީސް އިންޖީނުގެ ހުޅުވިޔަ ނުދޭނެ ކަމަށެވެ. ނަމަވެސް އަތޮޅުވެރިން ވިދާޅުވާ ގޮތުގައި، އިންޖީނުގެ ހިންގާނެ ފައިސާއެއް ރަށު އޮފީހާ ހަވާލުކޮށްފައި ނުހުންނާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް ދާދި ދެންމެ ނޮޅިވަރަމަށް އަތުވެއްޖެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ