މާޅޮހު ސްކޫލް ޕީޓީއޭގެ މަލާފަތް މި މަހުގެ 18ގައި…

ބ. މާޅޮހު ސްކޫލް ޕޭރެންޓްސް ޓީޗަރ އެސޯސިއޭޝަން (ޕީޓީއޭ) އިން ބާއްވާ ފަންޑް ރައިޒް ހަރަކާތް މަލާފަތް މި މަހުގެ 18ގައި ބޭއްވުމަށް ނިންމައިފިއެވެ.
މިއީ އެ ސްކޫލުގައި ހިންގާ ތަފާތު އެކި ހަރަކާތްތަކަށް ޚަރަދުކުރާނެ ފައިސާ ހޯދުމަށް ބާއްވަމުން އަންނަ ހަރަކާތެކެވެ.
އެޓޯލްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާޅޮހު ސްކޫލުން ބުނީ މަލާފަތް ނަމުގައި ބާއްވާ މި ޑިނަރ ނައިޓްގައި ބައިވެރިވެވޭނީ ޓިކެޓް ގަނެގެން ކަމަށެވެ. އަދި ރަށުގެ ޢާންމުންނަށް 100 ރުފިޔާއަށް ޓިކެޓް ވިއްކާ އިރު، ސްކޫލު ކުދިންނަށް ޓިކެޓް ވިއްކާނީ 50 ރުފިޔާއަށް ކަމަށެވެ.
މި އޮގަސްޓުަހުގެ 18 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ން 22:30އަށް މާޅޮހު ސްކޫލުގައި ބާއްވާ މި ޑިނަރ ނައިޓުގައި ތަފާތު ބާވަތްތަކުގެ ދިވެހި ރަހަތައް ހުންނާނެ ކަމަށްވެސް މާޅޮހު ސްކޫލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ