ޔަމަން ހަނގުރާމަ: ސްކޫލް ކުދިން ތިބި ބަހަަށް ހަމަލާ ދެވުނު ކަމަށް ސައުދީ ކޯލިޝަނުން އެއްބަސްވެއްޖެ

ޔަމަނުގައި މިދިޔަ މަހު ސްކޫލް ބަހަކަށް ހަމަލާދީ 40 ދަރިވަރުން ހިމެނޭގޮތުން ޖުމްލަ 51 މީހުން މަރުވި ހާދިސާއަކީ އުޒުރެއް ދެއްކޭނެކަމެއް ނޫންކަމަށް ސައުދީ އަރަބިއްޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން އެއްބަސްވެއްޖެއެވެ.
ޔަމަނުގެ ހޫސީންނާއި ހަނގުރާމަ ކުރަމުންދާ ކޯލިޝަނުން ކުރި ތަހުގީގު ހޮނިހިރު ދުވަހުވަހު އާއްމުކޮށްފައިވާއިރު ބުނެފައިވަނީ އެ "ގޯސް" ހެދިފައިވަނީ އޯގަސްޓް މަހުގެ 9 ވަނަ ދުވަހު ސާދާ ޕްރޮވިންސްގައި ވައިގެމަގުން ދިން ހަމަލާތަކުގައި ކަމަށެވެ.
ހަމަލާ ދިން ދުވަހު ކޯލިޝަންގެ ތަރުޖަމާނު ކާނަލް ތުރުކީ އަލް މަލްކީ ވަނީ އެ ހަމަލާ ދިނީ ސައްހަ އަސްކަރީ އަމާޒަކަށް ކަމަށް ވިދާޅުވެ ހަމަލާ ދިފާއުކުރައްވާފައެވެ.
ސައުދީ ކޯލިޝަނަށް ހެދޭ މިފަދަ ގޯސްތައް ތަހުގީގު ކުރުމަކީ މަދުން ނޫނީ ނުފެންނަ ކަމަކަށްވާއިރު ޖޮއިންޓް އިންސިޑެންޓް އެސެސްމެންޓް ޓީމުން ބުނެފައިވަނީ ހަމަލާގެ ފަހަތުގައިވާ ފަރާތްތައް ޒިންމާ ދާރު ކުރުވާނެކަމަށެވެ.
އަވަށްޓެރި ޖިބޫޓީގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ އެލަން ފިޝަރ ބުނެފައިވަނީ ހަމަލާއަކީ ރަނގަޅު ހަމަލާއެއްކަމަށް ބުނުމަށްފަހު އެކަން ބަދަލުކޮށް ނެރުނު މި ބަޔާނަކީ ފާހަގަކޮށްލެވޭނެ ބަޔާނެއްކަމަށެވެ.
ޔަމަނުގެ އުތުރުގެ ސާދާ ޕްރޮވިންސްގެ މާރުކޭޓެއް ކައިރިން ހަމަލާ އެރި، އެ ބަސް ދަތުރުކޮށްފައި ދިޔައީ ޕިކްނިކެއް ނިންމާލުމަށް ފަހު ކުދިން ގޮވައިގެން ސްކޫލަށް ކަމަށް ސޭވް ދަ ޗިލްޑްރަން އިން ބުނެއެވެ. . ބަހަށް ވައިގެ ހަމަލާ ދިނީ މާރުކޭޓްގެ ކައިރީގައި ބަސް މަޑުކޮށްގެން ލުއި ބުއިމެއް ގަތުމަށް ޑްރައިވަރު ފިހާރަ އަށް ވަތް ވަގުތު ކަމަށް ވެއެވެ. ބަހުގައި ތިބީ 15 އަހަރުން ދަށުގެ ކުދިންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ