ގާސިމް އިބްރާހިމް ށ. އަތޮޅަށް ވަޑައިގެންފި

ށ އަތޮޅަށް ކުރައްވާ ކެންޕޭން ދަތުރުފުޅުގައި ޖުމުހޫރީޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބުރާހިމް ށ އަތޮޅު ފުނަދުއަށް ވަޑައިގެންފި އެވެ.
މިއަދު ށ ފުނަދޫއަށް ގާސިމް އިބުރާހިމް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގާސިމަށް މަރުހަބާ ދަންނަވާފަ އެވެ.
ފުނަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު ގާސިމް އިބުރާހިމް ވަނީ ފުނަދޫ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވާ ރަށުގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކުގެ މައުލޫމާތު ހޯއްދަވާފައެވެ.
މިއަދު ފުނަދޫއަށް ކުރައްވާ ދަތުރުފުޅުގައި ގާސިމް އިބުރާހިމް ވަނީ ފުނަދޫ ސުކޫލަށް ވަޑައިގެން ސުކޫލުގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. އަދި ފުނަދޫގައި ހުންނަ ވިލާ ކޮލެޖުގެ ކެމްޕަސް ބައްލަވާލައްވާފައިވެ އެވެ. ޖުމުހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓު ށ އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި މިރޭ އެރަށުގައި ހާއްސަ ކެންޕޭން ޖަލްސާއެއް އޮންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ