ޖޭޕީ އިން މަޖިލީހަށް ކުރިމަތިލީ ތަސައްރަފު ފުދިފައި ތިބި ގާބިލް މީހުން – ގާސިމް

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ޖޭޕީ އިން ކުރިމަތިލީ ތަސައްރަފު ފުދިފައި ތިބި ގާބިލް މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގާސިމް އިބްރާހިމް މިހެން ވިދާޅުވީ އެ ޕާޓީގެ ޓިކެޓް ގައި މަޖިލިސް އިންތިހާބުގައި ދަނގެތި ދާއިރާއަށް ވާދަ ކުރައްވާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް)ގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަމުންނެވެ.
ގާސިމް ވިދާޅުވީ މަޖިލީހަށް އިންތިޚާބު ކުރަންވީ ފައިސާ ހުރި ފޯރުންތެރިން ކަމަށާއި ރިޝްވަތަށް ނުހެއްލޭނީ އޭރުން ކަމަށެވެ. "އަމިއްލަ ޒިންމާއެއް ނެތް މީހާ މަޖިލީހަށް ގޮސް ކީއްތޯ ކުރާނީ. ނޯންނާނެ ދެއްތޯ؟ އޭނާ އަމިއްލަ ޖީބު ފުރުން ނޫނީ އޭނާ އަމިއްލަ އަށް ކަމެއް ކުރެވޭތޯ ބަލާނީ." ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ