ހޮނިހިރު ދުވަހު އައްޑޫ ސިޓީން ކަރަންޓު ކަނޑާލަނީ

އައްޑޫ ސިޓީގެ ހުރިހާ ރަށަކުން އަންނަ ހޮނިހިރު ދުވަހު ކަރަންޓު ކެނޑޭނެ ކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކައިން ބުނި ގޮތުގައި ހޮނިހިރު ދުވަހު ހެނދުނު 10:00 ން މެންދުރު 1:00 އަށް ކަރަންޓު ކެނޑޭނެއެވެ.
ފެނަކައިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދެމުންދާ ސެންޓްރަލް ސްޓޭޝަނުގައި އަލަށް ބެހެއްޓި ދެ މެގަވޯޓްގެ ދެ ޖަނަރޭޓަރުން އައްޑޫ ސިޓީއަށް ކަރަންޓް ދިނުމަށް ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ޖަނަރޭޓަރުގެ މެއިން ޕެނަލަށް ގުޅަންޖެހޭ ކޭބަލް ގުޅުމަށް ގުޅިފައިވާ ރަށްތަކުން އަންނަ ހޮނިހިރު ދުވަހު ކަރަންޓޫ ކެނޑޭނެ ކަމަށެވެ.
އައްޑޫ ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް, ދެ ޖަނަރޭޓަރެއް ވަނީ އެ ސިޓީއަށް ގެންގޮސްފައެވެ. އައްޑޫސިޓީއަށް އެ ޖަނަރޭޓަރުތައް ގެންގޮސްފައިވަނީ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ