އެއްވެސް އިރެއްގައި ޖިނާއީ އެއްވެސް ކުށެއް ކުރައްވާފައި ނުވާނެކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ރައީސް މައުމޫނުގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ފައިސަލް މެދުވެރި ކުރައްވާ ދެއްވި މެސެޖެއްގައެވެ.
ރައީސް މައުމޫނާއި ބައްދަލު ކުރެއްވުމަށް ފަހު ވަކީލް ފައިސަލް އިއްޔެ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ "ރައީސް ކަމުގައި ހުންނެވި އިރުވެސް އަދި އޭގެ ފަހުންވެސް އެއްވެސް ޖިނާއީ ކުށެއް ކުރައްވާފައި ނުވާނެކަމަށް ރައީސް މައުމޫނު ވިދާޅުވި" ކަމުގައެވެ.
ވަކީލުން މެދުވެރި ކުރައްވާ ރައީސް މައުމޫނު މިހެން ވިދާޅުވިރު ކުރީގެ ރިޔާސީ ގަނޑުވަރުގެ އޮޑިޓް ރިޕޯޓްގެ މައްސަލަ އޭސީސީން ދަނީ ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން ޤާނޫނީ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ރައީސް މައުމޫނު ހައްޔަރުކޮށް މިހާރު ގެންދަތީ ތަހުގީގުވެސް ކުރަމުންނެވެ.
ވެރިކަމުގައިވެސް އަދި އޭގެ ފަހުންވެސް އެއްވެސް ޖިނާއީ ކުށެއް ނުކުރަން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ