ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން މިއަދު އަމުރުކޮށްފިއެވެ.
ރައީސް މައުމޫންގެ ވަކީލު މައުމޫނު ހަމީދު ވިދާޅުވީ ކްރިމިނަލް ކޯޓުން އަމުރު ކުރީ ޝަރީއަތް ނިމެންދެން ރައީސް މައުމޫނު ރިމާންޑު ޖަލެއްގައި ބަންދު ކުރުމަށް ކަމަށެވެ.
ރައީސް މައުމޫން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކުރި އިރު ސަރުކާރު ވައްޓާލަން އުޅުނު މައްސަލާގައި އެމަނިކުފާނަށްވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. އަދި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ ކޮށްފައެވެ.
ރައީސް މައުމޫންގެ ގާނޫނީ ވަކީލު މައުމޫނު ވިދާޅުވީ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދު ކުރަން ނެރުނު އަމުރު އިސްތިއުނާފު ކުރާނެ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ފެބުރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ގެކޮޅުގައި ހުންނަވަނިކޮށް ހައްޔަރު ކުރުމަށްފަހު ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް ވެސް އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރިއެވެ.
ރައީސް މައުމޫނުގެ އިތުރުން ދަރިކަނލުން ފާރިސް މައުމޫނައި ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ރައީސް މައުމޫނު ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ