މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުނުތާ ދޮޅު ގަޑިއިރަށް ވުރެ ގިނައިރުވީ ފަހުން ކަރަންޓް ލިބިއްޖެއެވެ.
ކަރަންޓް ކެނޑެން މެދުވެރިވި ސަބަބެއް މާލެ އަށް ކަރަންޓް ފޯރުކޮށްދެމުން ގެންދާ ސްޓެލްކޯ އިން ނުބުނެއެވެ.
ކަރަންޓް ކެނޑުނީ ހެނދުނު 06:20 ކަންހާއިރުއެވެ.
ހެނދުނު އޮފީސްތަކާއި ސުކޫލްތައް ހުޅުވޭ ގަޑިއާއި ދިމާކޮށް ކަރަންޓް ކެނޑުމުން ގިނަ ބަޔަކަށް ވަނީ ބޮޑެތި ދަތިތައް ދިމާވެފައެވެ. ކަރަންޓް ކެނޑުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ މީސް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ.
"ކަރަންޓް ކަނޑާލަން މިއީ ކޮން ގަޑިއެއް؟ ކަރަންޓް ކަނޑާލަން މިނޫން ގަޑިއެއް ނެތްތަ؟" އެކަކު ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.
ހުރިހާ ސަރަހައްދަކަށް ކަރަންޓް ލިބުނީ ހެނދުނު 08:00 ވެސް ޖެހި ފަހުންނެވެ.
ސްޓެލްކޯ އިން ވަނީ ކަރަންޓް ކެނޑުމުން އާއްމުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދިފައެވެ.
މިއަދު މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނީ ކަރަންޓް ނުކެނޑޭތާ ދުވަސްތަކެއް ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ