މ. ބޯގަންވިލާ އިބްރާހިމް އިސްމާއިލް ސިވިލް ކޯޓުގައި ސުޕްރީމް ކޯޓުގެ މައްޗަށް ކުރި ދެ ދައުވާއާ ގުޅިގެން އެ މައްސަލައިގައި އެއް ވެސް ފިޔވަޅެއް ނޭޅުމަށާއި އެ މައްސަލަތަކާގުޅޭ ފައިލްތައް ސުޕްރީމް ކޯޓަށް ފޮނުވަން ސުޕްރީމް ކޯޓުން ސިވިލް ކޯޓަށް އަމުރުކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ސޮއިކުރައްވާފައިވާ އަމުރުގައި ބުނެފައި ވަނީ މިއަދު 3:30ގެ ކުރިން ހުރިހާ ލިޔުމެއް ސުޕްރީމް ކޯޓާ ހަވާލު ކުރުމަށެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ އިބްރާގެ އަބުރަށް ހުތުރުވާ ނިންމުމެއް ކަމަށް ބުނެ ސުޕުރީމް ކޯޓާ ދެކޮޅަށް އިބުރާ ސިވިލް ކޯޓަށް ދެ ފަހަރެއްގެ މަތިން ހުށަހެޅި ކަމަށް ބުނާ މައްސަލައެއް ސިވިލް ކޯޓުން ބަލައިގެންފައިވާ ކަމުގެ މައުލޫމާތު ސުޕްރީމް ކޯޓަށް ލިބިފައިވާ ކަމަށެވެ.
"... ވީމާ ސުޕްރީމް ކޯޓަކީ ސުޕްރީމް ކޯޓުން ނިންމާ އެއްވެސް ނިންމުމަކާ ގުޅިގެން ގާނޫނީ ގޮތުން ހުސޫމަތެއް އޮންނަން ޖެހޭ ފަރާތަކަށް ނުވާތީ، އިބުރާހިމް އިސްމާއިލް ހުށަހާޅާފައިވާ ކަމަށް ބުނާ އިސްވެ އިސާރާތް ކުރެވުނު މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި، އެމައްސަލަ ތިޔަ ކޯޓަށް ހުށަހެޅުނީއްސުރެ އަޅާފައިވާ ފިޔަވަޅުތަކާއި ޔައުމިއްޔާތައް ހިމެނޭ ގޮތަށް މައްސަލައިގައި ފައިލްގައި ހިމެނޭ އެންމެހޭ ލިޔުންތަކާއެކު މިއަދު 13 އޮްކތޫބަރު 2011 ވަނަ ދުވަހު 15:30 ކުރިން މިކޯޓަށް ފޮނުވުމަށް ސިވިލް ކޯޓަށް އަންގައި އަމަލު ކުރަމެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ސުޕެޝެލް އެޑްވައިޒު، އިބުރާ ސުޕްރީމް ކޯޓުގެ މައްޗަށް ކުރައްވާފައި ވަނީ އަބުރުގެ ދެ ދައުވާއެކެވެ.
އިބުރާ ސުޕްރީމް ކޯޓުގެ މައްޗަށް ކުރި ދައުވާތަކުގެ ފައިލް ސުޕްރީމް ކޯޓާ ހަވާލު ކުރުމަށް ސިވިލްކޯޓުގެ މައްޗަށް އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ