މޯލްޑިވްސް ފައިނޭންސް ލީޒިން ކޮމްޕެނީން ނަގާފައިވަ ހަތްލައްކައަށްވުރެ ގިނަ ފައިސާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރުއާ ދެކޮޅަށް އެކުންފުނިން އުފުލާފައިވާ ދައުވާގެ ޝަރީއަތަށް ހާޒިރުވުމަށް ސިވިލް ކޯޓުން އެންގުމުން ޝަރީފު ކޯޓަށް ހާޒިރެއް ނުވި އެވެ.
ފެބްރުއަރީ 25 ވަނަ ދުވަހު ލީޒިން ކޮމްޕެނީގެ ފަރާތުން ޝަރީފާ ދެކޮޅަށް ސިވިލް ކޯޓްގައި ދައުވާ އުފުލާފައިވަނީ އެކުންފުނިން ނަގާފައިވާ ލޯނުން އެމުއްދަތާ ހަމަޔަށް ނުދައްކާހުރި 747685.61 ރުފިޔާ ހޯދުމަށެވެ.
އެމައްސަލާގައި ޝަރީފުގެ ލޯނަށް ގެރެންޓީ ދީފައިވާ، ސ.ހިތަދޫ އަރާއިރު މުހައްމަދު ރަޝީދު(ހިޔަލީ ރަޝީދު)ގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.
ޝަރީފުގެ މައްޗަށް ކުރާ ދައުވާގެ މައުލޫމާތު އޮޅުން ފިލުވުމަށް މޯލްޑިވްސް ފައިނޭންސް ލީޒިން ކޮމްޕެނީއަށް ގުޅުމުން ލީޒިން ކޮމްޕެނީން ވަނީ އެމައުލޫމާތު ހާމަކުރުމަށް އުޒުރުވެރިވެފައެވެ.
ޕީޕީއެމް އަށް ރައްޔިތުންގެ މަޖިލީހުގައި ޤާނޫނީ ހައިސިއްޔަތު ހޯއްދަވައިދެއްވި އަދި ''ރަން ގޮނޑީގެ ވެރިޔާގެ'' ނަމުން މަޝްހޫރުވެފައިވާ ޝަރީފް ދާދި ފަހުން ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީއާއި ގުޅިވަޑައިގެންނެވީ ލޯން ދެއްކުމުގެ ގެރެންޓީ ދެއްވުމުން ކަމަށް ބުނެ އަޑު ފެތުރިފައިވެ އެވެ. ނަމަވެސް ޝަރީފް އެކަން ދޮގުކުރެ އެވެ.
ހަތް ލައްކަ ރުފިޔާ ދަރަނީގެ މައްސަލައިގައި ތިމަރަފުށީ ދާއިރާގެ މެންބަރު ކޯޓަށް ހާޒިރެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ