މިއީ އިރުވައި މޫސުން ފެށޭ އިރު ކުރާ ވިއްސާރަ: މެޓް

ރާއްޖެ އަށް މިހާރު ކުރަމުން މިދަނީ އިރުވައި މޫސުންް ފެށޭ ދުވަސްވަރު ކުރާ ވިއްސާރަ ކަަމަށް މޫސުމާ ބެހޭ އިދާރާ އިން މިއަދު ބުނެފި އެވެ.
އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ އިރުވައި މޫސުން ފެށޭ ދުވަސްވަރު ބައެއް ފަހަރަށް ވިއްސާރަވާ ކަމަށެވެ. ނަމަވެސް ކުރި އަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މޫސުން ރަނގަޅު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މޫސުން ލަފާކޮށް މެޓުން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ރާއްޖޭގެ އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުންޏެވެ.
ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ މެޓުގެ ބަޔާނުގައި ބުނި ގޮތުގައި ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވެ އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުންޏެވެ.
މިިއީ އިރުވައި މޫސުމުގެ ދެ ވަނަ ނަކަތް ކަމަށްވާ ފުރަހަޅަ ނަކަތުގެ ހަތް ވަނަ ދުވަހެވެ. އިރުވައި މޫސުން ފެށެނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ