ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކްތެރޭގައި ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް މަރާލި ކަމުގެ ދައުވާލިބޭ ތިން މީހެއްގެ ދިފާއީ ވަކީލް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
އަރްހަމް މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާނާއި ލ. މާވަށް އެވާބްލޫގޭ މުހައްމަދު ވިސާމާއި އެރަށު އަސަރީގޭ މަންސޫރު ޔޫސުފްގެ އިތުރުން މއ. ސީނަރީވިއު އާތިފް ރަޝީދުގެ މައްޗަށެވެ.
އޭގެ ތެރެއިން ސުފްޔާނާއި ވިސާމާއި އާތިފްގެ ދިފާއީ ވަކީލް ވަނީ އައްޔަންކޮށްފައިވާއިރު މަންސޫރު މީގެކުރިން ބުނެފައިވަނީ ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.
މިއަދުގެ އަޑު އެހުން ފެށުމަށްފަހު މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ސުފްޔާނާއި ވިސާމާއި އާތިފްގެ މިއަދު މައްސަލަ އޮންނާނެކަން ކުރިން އަންގާފައިވީ ނަމަވެސް ކޯޓަށް ހާޒިރުވެފައިނުވާ ކަމަށާއި އޭނާގެ މޮބައިލް ފޯނަށް ތަކުރާރުކޮށް ގުޅިއިރު ވެސް ފޯނު ނިވާލާފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލައިގައި ދިފާއީ ވަކީލެއްގެ ގޮތުގައި އެ ވަކީލް ދެން ބަލައިނުގަންނަވާނެ ކަމަށާއި އެހެން ދިފާއީ ވަކީލަކު ހަމަޖެއްސުމަށް ވެސް ދައުވާލިބޭ ތިން މީހުންނަށް ގާޒީ އެންގެވި އެވެ.
އެގޮތަށް ގާޒީ ވިދާޅުވުމުން އެ ތިން މީހުން ބުނީ ވަކީލަކު ހަމަޖެއްސުމަށް ދެ ހަފުތާގެ މުއްދަތު ދިނުމަށް އެދޭ ކަމަށެވެ.
އަރުހަމް މަރާލި ކަމަށް ބުނާ މީހުންގެ ދިފާއީ ވަކީލު ބަލައިނުގަތުމަށް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ