ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ކުށުގެ ރެކޯޑު ސާފުކުރުމަށް ގިނަ ބަޔަކު ސުޕްރީމް ކޯޓަށް އަންނަމުންދާތީ އެ ހިދުމަތް ދޭ ވަގުތު ސުޕްރީމް ކޯޓުން ވެސް އިތުރުކޮށްފި އެވެ.
އެ ކޯޓުން ބުނީ މިއަދު ބުރާސްފަތި ދުވަހު ހަވީރު 6:00 އާ ހަމައަށް ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ސުޕްރީމް ކޯޓުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު ހެނދުނު 11:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ވެސް ކުށުގެ ރެކޯޑް ސާފުކޮށްދޭނެ ކަމަށެވެ.
ކުށުގެ ރެކޯޑު ސާފުކޮށްދިނުމަށް ގިނަ ބަޔަކު އަންނަމުންދާތީ ކްރިމިނަލް ކޯޓުން ވެސް ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 އިން ހަވީރު 4:00 އާ ހަމައަށް އެ ހިދުމަތް ދޭން ނިންމައިފަ އެވެ.
މީގެއިތުރުން ހައި ކޯޓާއި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަގުތު އިތުރުކޮށްފައިވެ އެވެ.
ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ވަގުތު ސުޕްރީމް ކޯޓުން ވެސް އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ