މައިލޯ އިންޓަރ ސްކޫލް: ހައިސްކޫލުން އަތޮޅު މަދަރަސާ ކޮޅަށް 10 ގޯލް ޖަހައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ކުރިއަށް ގެންދާ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ މުބާރާތުގެ ފުރަތަމަ މެޗް އައްޑޫ ހައި ސްކޫލް ބޮޑު ތަފާތަކުން މޮޅުވެއްޖެއެވެ.
އައްޑޫ ފުޓްބޯޅަ ދަނޑުގައި އިއްޔެ ކުޅުނު މެޗް ފަސޭހަ ކަމާއި އެކު ހައި ސްކޫލުން ކާމިޔާބް ކުރީ 10-1 ލަނޑުންނެވެ. މި މެޗްގައި ގިނަ ލަނޑުތަކެއް ފެނުނު ނަމަވެސް ހައި ސްކޫލަކަށް ތަފާތު މޮޅު ކުޅުމެއް ދެއްކިފައި ނުވެއެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ ޝަރަފުއްދީން ސްކޫލާއި، އިރުޝާދިއްޔާ ސްކޫލެވެ. މި މުބާރާތުގެ އެންމެ ފަހުގެ ތަށިވެސް އުފުލާލާފައިވަނީ އައްޑޫ ހައި ސްކޫލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ