ގދ ތިނަދޫ އިންޖީނުގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެ ރަށުގެ ކަރަންޓް ހިދުމަތް މެދުކެނޑިފައިވާއިރު އެ ރަށުގެ ރައްޔިތުންނަށް މިރޭ ކަރަންޓް ޔަގީން ވެގެން ދާނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އެމްޕީ އަބުޅޯ) ވިދާޅުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެމްޕީ އަބުޅޯ ވިދާޅުވީ ތިނަދުއަށް ގެންގޮސްފައިވާ އެއް މެގަވޮޓްގެ ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު އިންޖީނުގެއަށް ގެންދެވި އިންސްޓަލޭޝަން މަސައްކަތް ނިމެން ގާތްވެފައި ވާކަމަށެވެ. އަދި ދެވަނަ ޖަނަރޭޓަރު އިންޖީނުގެއަށް ގެންދިއުމުގެ މަސައްކަތް ފަށާފައި ވާކަމަށެވެ.
“އިއްޔެ 7:20 ގަ ދެ ޖަނަރޭޓަރު ގެނައީ، ހުކުރު ދުވަސްވީމަ މަސައްކަތް ފެށުނީ ހަވީރު ތިނެއް ޖަހާ އެހާކަންހާއިރު، ފުރަތަމަ ޖަނަރޭޓަރު އިންސްޓަލޭޝަން މަސައްކަތް ނިމުމަކާ ގާތަށް އަތުވެއްޖެ، ދެ ވަނަ ޖަނަރޭޓަރު ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި، ނުވައެއް ޖަހަންވާއިރަށް އެ ޖަނަރޭޓަރުވެސް އިންޖީނުގެއާ ހަމައަށް ގެނެވޭނެ ކަމަށް މި ބަލަނީ، ހަމަ ގެނައުމާއެކު އިންސްޓަލޭޝަން މަސައްކަތް ފެށިގެންދާނެ” އެމްޕީ އަބުޅޯ ވިދާޅުވި އެވެ.
އެމްޕީ އަބުޅޯ އިތުރަށް ވިދާޅުވީ އެއްވެސް ކަމެއް ގޯސްކޮށް ނުގޮސް ކަންތައް ކުރިއަށް ދާނަމަ ތިނަދޫގެ ރައްޔިތުންނަށް 24 ގަޑިއިރުގެ ކަރަންޓް މިރޭ ޔަގީން ވެގެން ދާނެ ކަމަށެވެ.
ތިނަދޫ ރައްޔިތުންނަށް މިރޭ 24 ގަޑިއިރު ކަރަންޓް ޔަގީން ވެގެންދާނެ: އެމްޕީ އަބުޅޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ