އިހަވަންދޫ ދާއިރާގެ ގޮނޑި މުޙައްމާއަށް ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައިފިއެވެ.
މުހައްމާގެ ގޮނޑި ގެއްލުނީ ޕީޕީއެމް އިން މިއަދު އޭނާ ވަކިކުރުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުން ދާދިފަހުން ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކި ކުރުމާއި ނުވަތަ އިންތިޚާބުވި ޕާޓީން އަމިއްލަ އަށް ވަކިވުމާއި ނުވަތަ އިންތޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރަކަށް ވުމާއި، މި ތިން ހާލަތުން ކުރެ ހާލަތެއް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މެދުވެރިވެއްޖެ ނަމަ، އެ މެމްބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެމްބަރަކު ވަކިކޮށްފި ކަމަށް ނުވަތަ ވަކިވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.
ޕީޕީއެމް އިން ބުނީ މުހައްމާ އެޕާޓީން ވަކިކުރަން ނިންމީ، ޕާޓީގެ އުސޫލުތަކާ ހިލާފަށް އޭނާ އަމަލުކުރި މައްސަލަ ސުލޫކީ ކޮމިޓީން ބެލުމަށް ފަހު އެ ކޮމިޓީގެ އިއްތިފާގުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ