ބޫޓާނާއި އަފްޣާނިސްތާނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް، ގ.އުފާ އަޙްމަދު މުޙައްމަދު (އަންޑޭ) އާއި ނޭޕާލަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް މ.މާހުރަ އަހްމަދު ސަލީމު ސަފީރުކަމަށް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފިއެވެ.
އެ ދެ ބޭފުޅުންގެ ތެރެއިން އަހުމަދު މުހައްމަދުގެ ނަންފުޅު މަޖިލީހުން ފާސްކުރީ 51 މެމްބަރުންގެ ވޯޓާއި އެކު އެވެ. އަހުމަދު ސަލީމްގެ ނަންފުޅު ފާސްވީ 54 މެމްބަރުންގެ ވޯޓުންނެވެ.
ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ދެ ބޭފުޅުންގެ ނަންފުޅު ދިރާސާ ކުރެއްވި، ގައުމީ ސަލާމަތުގެ ކޮމިޓީން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ، އެ ދެ ބޭފުޅުން ސަފީރުކަމަށް އައްޔަން ކުރަން ފެންނަ ކަމަށެވެ.
މި ދެ ބޭފުޅުންނަށް ކޮމިޓީން ރުހުން ދީފައި ވާއިރު، އަންޑޭ އަކީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް މެއެވެ. އަދި އަންޑޭ ވަނީ މީގެކުރިން ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމާއި، މި ސަރުކާރުގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުވެސް ފުރުއްވާފައެވެ މީގެ އިތުރުން، އޭނާ ވަނީ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ވަނީ އަދާ ކުރައްވާފައެވެ.
އަހުމަދު މުހައްމަދު އަދި ސަލީމް، ސަފީރުކަމަށް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ