މަޖިލީހުގެ ރައީސް ކަމަށް ގާސިމް އައްޔަން ކުރުމަށް އުމަރު ނަސީރު ގޮވާލައިފި

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިސްތިއުފާ ދެއްވުމަށް ގޮވާލެއްވުމަށް ފަހު އެމަޤާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް އައްޔަން ކުރުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ގޮވާލައްވާފިއެވެ.
އުމަރު ނަސީރު މިހެން ގޮވާލައްވާފައި ވަނީ އޭނާ މިއަދު ކުރެއްވި ޓްވީޓަކުންނެވެ. އޭގައި އޭނާ ވިދާޅުވެފައި ވަނީ މަސީހު މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށެވެ. އަދި ގާސިމަށް އެމަޤާމު ދިނުމަށް ވޯޓްދިނުމަށެވެ. ގާސިމަކީ ކުރިންވެސް އުދަނގޫ ދަނޑިވަޅުތަކުގައި މަޖިލިސް ހިންގެވި ބޭފުޅެއް ކަމަށް ވެސް އުމަރުގެ ޓްވީޓްގައި ދަންނަވާފައިވެއެވެ.
މިސަރުކާރުގެ ހޯމް މިނިސްޓަރ ކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ފަހު އުމަރު ދަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އަދި އޭނާ ދަނީ މަދު މަދުން އިދިކޮޅު ފަރާތްތަކަށް ވެސް ފާޑުކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ