ގާސިމް، ރައީސް މައުމޫންއާ ސިންގަޕޫރްގައި ބައްދަލުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ސިންގަޕޫރްގައި ބައްދަލުކުރައްވައިފިއެވެ.
ނަމަވެސް މި ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ އާއިލާ ކަމެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.
މައުމޫން އާއި ގާސިމް ސިންގަޕޫރްގައި ބައްދަލުކުރައްވާފައިވާއިރު މި ދުވަސްވަރަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދުވަސްވަރެކެވެ. ސިޔާސީ މަސްރަހު ހަލަބޮލިވެގެން ގޮސްފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދި ހިސާބުންނެވެ.
އިދިކޮޅު ފަރާތްތަކުން އެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ 45 މެމްބަރުންގެ ސޮޔާއެކުއެވެ. އޭގެރޭގައި ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ އަދި ރައީސް ޔާމީންއަށް ތާއީދުކުރެއްވި 10 މެމްބަރަކު ވެސް ހިމެނެއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު މަޖިލީހުގެ ޖަލްސާތަށް ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކެންސަލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ