އަމްނޯގެ ބައްދަލުވުމުގައި މައުމޫން ބައިވެރިވެވަޑައިގެންފި

މެލޭޝިއާގެ ވެރިކަންކުރާ ޕާޓީ އަމްނޯގެ އިންޓަނޭޝަނަލް ފޯރަމްގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގެންފި އެވެ. ޕީޕީއެމުން ބުނިގޮތުގައި އެ ބައްދަލުވުމުގެ އިފުތިތާހީ ޖަލްސާގައި މައުމޫންގެ އިތުރުން އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ޕީޕީއެމްގެ ވަފުދުގެ އެހެން ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.އަމްނޯގެ އިންޓަނޭޝަނަލް ފޯރަމް ހުޅުވުމުގެ ޖަލްސާގައި މައުމޫން (ވ)، އެ ބައްދަލުވުމުގެ މަންދޫބަކާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޕީޕީއެމް އިފުތިތާހީ ޖަލްސާ އަށް ފަހު މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް، މައުމޫންއާ ބައްދަލުކުރެއްވި ކަމަށް ޕީޕީއެމުން ބުންޏެވެ. އަދި ބައްދަލުވުމަށް މައުމޫން ވަޑައިގެންނެވި ކަމަށްޓަކައި ބޮޑުވަޒީރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. މީގެ އިތުރުން ރާއްޖެ އާއި މެލޭޝިއާ އަކީ ވަރަށް އެކުވެރި ދެ ގައުމު ކަމަށާއި އެ ގުުޅުން އިތުރަށް ބަދަހި ކުރުމަށް ސަމާލުކަން ދެއްވާ ކަމަށް ބޮޑުވަޒީރު ވިދާޅުވި ކަމަށް ޕީޕީއެމުން ބުނެ އެވެ.އަމްނޯގެ އިންޓަނޭޝަނަލް ފޯރަމްގައި ޕީޕީއެމް ތަމްސީލް ކުރައްވާ ބޭފުޅުން އެ ޕާޓީގެ ރައީސް މައުމޫންއާ އެކު.---ފޮޓޯ: ޕީޕީއެމް އަމްނޯގެ އިންޓަނޭޝަނަލް ފޯރަމްގައި 22 ގައުމެއްގެ 34 ސިޔާސީ ޕާޓީ އަކުން 1،000 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގެންނެވި ކަމަށް ޕީޕީއެމުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ