އޭލެވެލް އިމްތިޙާނުގައި އަމިއްލަގޮތުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މި އަހަރުގެ އޭލެވެލް އިމްތިޙާނުގައި އަމިއްލަގޮތުން ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން މިއަދު ބުނީ، މި އަހަރުގެ އޮކްޓޫބަރު އަދި ނޮވެންބަރު މަހުގައި ބާއްވާ ކެމްބްރިޖް އޭލެވެލް އިމްތިޙާނުގައި ބައިވެރިވުމަށް ހުޅުވާލައި، ފޯމު ދޫކުރަން ފަށާފައިވާކަމަށެވެ.
އެގޮތުން، އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 12 ޖެހުމުގެ ކުރިން ކަމަށް އެ ޑިޕާޓްމަންޓުން ހާމަކޮށްފައިވެއެވެ. މި މުއްދަތުގެ ތެރޭގައި އަމިއްލަގޮތުން އިމްތިޙާނުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ދަރިވަރުންވެސް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެކަމަށް ޑިޕާޓްމެންޓުން ބުންޏެވެ.
މީގެއިތުރުން، އެޕްލިކޭޝަން ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ، އޮންލައިންކޮށް ގޫގުލް ފޯމު މެދުވެރިކޮށް ކަމަށާއި އިމްތިޙާނުގެ ފީތައް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ، ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށް ޑިޕާޓްމަންޓުން މަޢުލޫމާތު ދީފައިވެއެވެ.
ހަމައެއާއެކު، މި އިމްތިޙާނާގުޅޭ އިތުރު ތަފްޞީލު ޑިޕާޓްމަންޓްގެ ލިންކް ޓްރީ ޕޭޖުން ލިބެން ހުރިއިރު، ސުންގަޑީގެ ކުރިން ހުރިހާ ކެންޑިޑޭޓުންވެސް ފޯމު ހުށަހަޅައި ފައިސާ ދައްކާ ނިންމުމަށް ޑިޕާޓްމެންޓުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ