ބަންގްލަދޭޝްއަށް ކުރަމުންދާ ބޯވިއްސާރައިގެ ސަބަބުން މިހާތަނަށް މަދުވެގެން 51 މީހުން މަރުވެ، އެއް މިލިއަނަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފި އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާ ހިމެނޭހެން އެ ގައުމުގެ ބޮޑު ބަޔަކަށް ކުއްލި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ކުރިމަތިވެ، އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ގެއްލިފަ އެވެ.
MU STORE
MGH Group of Companies
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
މިހާތަނަށް މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މަރުވެފައިވަނީ ރޮހިންޖާ ރެފިއުޖީންގެ ބޮޑު އާބާދީއެއް ދިރިއުޅޭ ކޮކްސް ބާޒާރުގަ އެވެ. ނިމިދިޔަ ހަފުތާގައި އެ ސަރަހައްދުގެ ސްކޫލެއްގެ ތެރެއަށް ފެންގަނޑު ވަދެ، އެތައް ދަރިވަރުންނާއި މުދައްރިސަކު ވަނީ މަރުވެފަ އެވެ.
ބަންގްލަދޭޝްއަކީ ގިނަ އަދަދެއްގެ ކޯރުތައް އޮންނަ، ބިމުގެ އުސްމިން ތިރި ގައުމަކަށް ވުމުން، ކޮންމެ އަހަރެއްގެ މޫސުމީ ވިއްސާރައިގައި އެ ގައުމަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެ އެވެ. ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވާރޭވެހޭ މިންވަރު އިތުރުވެ، މިފަދަ ހާދިސާތައް ކުރިމަތިވާ މިންވަރު ގިނަވަމުންދާ ކަމަށް މާހިރުން އިންޒާރު ދެއެވެ.
މީގެ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ކުރިން ވާރޭ ވެހެން ފެށިއިރު، ފާއިތުވި ދުވަސްތަކުގައި ވިއްސާރަ އިތުރަށް ވަރުގަދަވުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ އިންޒާރު ނެރެފަ އެވެ. އަދި ނުރައްކާ ބޮޑު ސަރަހައްދުތަކުގައި ދިރިއުޅޭ އާއިލާތައް ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް، ދަރިވަރުންގެ އިމްތިހާނުތައް ވެސް ވަނީ ފަސްކޮށްފަ އެވެ.
މިހާރު އެތައް ހާސް ބަޔަކު ދިރިއުޅެމުން ދަނީ ސަރުކާރުން ގާއިމުކޮށްފައިވާ ވަގުތީ ހިޔާވަހިކަމުގަ އެވެ.
ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހާ ހަމައަށް މި ވިއްސާރައިގެ އަސަރު އެއް މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮށްފަ އެވެ.
މިހާތަނަށް ރިޕޯޓްކޮށްފައިވާ 51 މަރުގެ ތެރެއިން 28 މީހުން މަރުވެފައިވަނީ ކޮކްސް ބާޒާރުންނެވެ. އެ ސަރަހައްދަކީ ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ އާބާދީ ކަމަށްވާ، އެއް މިލިއަނަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ދިރިއުޅޭ ސަރަހައްދެވެ.
ބަންގްލަދޭޝްއަށް ކުރަމުންދާ ބޯވިއްސާރައިގައި 51 މީހުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ