ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމާއި ގުޅިގެން، ދިވެހި ރައްޔިތުން މަގުމައްޗަށް ނިކުމެ އެކަމާއި ދެކޮޅަށް އަޑުއުފުލަން ކުރީގެ ރައީސް ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ، ގާސިމް ހައްޔަރުކުރި ކުރުން ކުށްވެރިކުރާ ކަމަށް ވިދާޅުވެ، މަގުމައްޗަށް ނިކުމެ މުޒާހަރާކުރަން ރައްޔިތުންނަށް ގޮވާލާފައެވެ.
ކޯޓު އަމުރެއްގެ ދަށުން ގާސިމް ހައްޔަރުކުރުމަށްފަހު، މިހާރު ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ.
ފުލުހުން ވިދާޅުވީ ގާސިމް ހައްޔަރު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެޖެންޑާކޮށް ވަގުތު ކައިރިވެފައިވަނިކޮށް، ގާސިމް ބޭނުންވާ ވަކިގޮތަކަށް އެ ވޯޓު އަނބުރާލުމަށްޓަކައި، މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ، އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާތީ ކަމަށެވެ.
އަދި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން، މަސައްކަތް ކުރާ ކަމަށް ވެސް ތުހުމަތުކުރެވިފައިވާ ކަމަށާއި، ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ، ސަރުކާރު ގާނޫނާއި ގަވާއިދާއި ހިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭފަދަ، އަމަލުތަކެއް ކުރާކަމަށް ވެސް ގާސިމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން ގާސިމް ހައްޔަރުކުރީ މި މައްސަލަތަކުގެ، ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވަން މަސައްކަތް ކޮށްފާނެ ކަމަށް، ފެންނާތީ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އިތުރު ތަފްސީލް އަންނަނީ
ރައްޔިތުން މަގުމައްޗަށް ނިކުތުމަށް އެމްޑީޕީ އާއި ޖޭޕީ އިން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ