ވިލާ ޝިޕިން އެންޑް ޓްރޭޑިންއަށް ތ. އެލާ ކުއްޔަށް ދޫކޮށްފައި ވަނިކޮށް ދައުލަތުން އެރަށް ނެގީ އެއްބަސްވުމާ ޚިލާފަށް ކަމަށް ސިވިލްކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓުގެ އިލްތިމާސްއަށް ހުށަހަޅައިފި އެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވިލާ ގުރޫޕްގެ، ކޮމްޕެނީ ސެކްރެޓަރީ އިބްރާހީމް ރަޝީދު ވިދާޅުވީ އެލާގެ މައްސަލާގައި ހައިކޯޓުން މިދިޔަ އަންގާރަ ދުވަހު އިއްވި ހުކުމް މިއަދު މެންދުރުފަހު 2:30 ހާއިރު ސުޕްރީމް ކޯޓުގެ އިލްތިމާސްއަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ބަލައިގެންކަން އަދި އަންގާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ހައިކޯޓުން އެލާގެ މައްސަލަ ވިލާ ކުންފުންޏާ ދެކޮޅަށް މިދިޔަ އަންގާރަ ދުވަހު ނިންމާފައިވާއިރު ސިވިލްކޯޓުން ވިލާއާއި އެއްކޮޅަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ އެލާ ކުއްޔަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ވިލާ ކުންފުންޏާއެކު ސޮއިކޮށްފައިވާ އެމެންޑެޑް އެންޑް ރީ ސްޓޭޓް އެގްރިމަންޓް އުވާލީ 12 ޑިސެމްބަރު 2013 ގައި ސޮއިކޮށްފައިވާ ސެޓުލްމަންޓް އެގްރީމަންޓް އުވާލި އުވާލުން އަސާސަކަށް ބަލައިގެން ކަމަށެވެ. އެހެންކަމުން ޓޫރިޒަމް މިނިސްޓްރީން ވިލާއަށް އަންގާފައިވާ އެންގުމަކީ އެއްބަސްވުމާ ޚިލާފު ބާތިލް އެންގުމެއް ކަމަށްވެސް ސިވިލްކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވެ އެވެ.
-- ތަފްސީލް އަންނަނީ --
އެލާގެ އެއްބަސްވުން ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ