އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ މިއަދު ބައްދަލުކުރައްވައިފި އެވެ. ސުޕްރީމް ކޯޓުގައި އޮތް މި ބައްދަލުވުމަށް ފަހު، ގާސިމް މީޑިއާތަކަށް ވިދާޅުވީ އޭނާ އުއްތަމަ ފަނޑިޔާރާ ބައްދަލުކުރެއްވީ، ކ. ބޮލިދުއްފަރާއި ވެއްދިފަޅުގެ އެއްބަސްވުން ބާތިލްކުރި މައްސަލައަކާ ގުޅިގެން ކަމަށެވެ. ދަށު ކޯޓުން ވިލާއާ އެއްކޮޅަށް މައްސަލަ ނިންމި ނަމަވެސް ހައި ކޯޓުން މައްސަލަ ނިންމީ ޓޫރިޒަމް މިނިސްޓްރީއާ އެއްކޮޅަށެވެ. ގާސިމް ވިދާޅުވި ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ރަޖިސްޓްރާ ވަނީ ސަބަބެއް ބަޔާން ކުރެއްވުމެއް ނެތި ބޭރުކޮށްލައްވާފަ އެވެ. "އެކަމާ ހިތްހަމަނުޖެހިގެން އައީ. ސަބަބެއް ބަޔާންކުރަން ވާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރާތީ. ސަބަބެއް ވެސް ނެތް ލިޔުއްވާފައި. ބޭނުންވީ ކީއްވެތޯ ސަބަބެއް ނެތި ބޭރުކޮށްލެއްވީ،" ގާސިމް ވިދާޅުވި އެވެ. "އުއްތަމަ ފަނޑިޔާރު ވިދާޅުވީ [އަޅުގަނޑުމެން] ހިތްހަމަނުޖެހެންޏާ ސަބަބު ބަޔާންކޮށް ސިޓީއެއް ލިޔުއްވާށޭ. އަނގަ ބަހަކުން ކަންްތައްތަކެއް ނުނިންމަމޭ. އެކަމާ މެދުގައި ވިލާއިން ހިތްހަމަނުޖެހެންޏާ ސިޓީއަކުން ހުށަހަޅުއްވާށޭ."ވިލާ ގްރޫޕުން ތަރައްގީކުރަން ނިންމާފައިވާ ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި
ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ ކަމަށް ސަރުކާރުން ބުނާ ގާތްގަނޑަކަށް
100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) 30 ދުވަހުގެ
ތެރޭގައި ދައްކަން މީރާއިން ވަނީ އަންގައިފަ އެވެ. އަދި އެ އަށް
އަމަލު ނުކޮށްފި ނަމަ ނަތީޖާ އަކީ ވިލާގެ އެކައުންޓްތައް ފްރީޒް ކުރުމެވެ.މީރާގެ ނޯޓިސް ބާތިލްކުރުމުގެ ވަގުތީ އަމުރަކަށް، ވިލާ ގްރޫޕުން ހުށަހެޅި ނަމަވެސް މިހާތަނަށް އެ އަމުރު ނުނެރޭކަން ވެސް ގާސިމް މިއަދު ފާހަގަކުރެއްވި އެވެ.
ވިލާ އިން ހުށަހެޅި މައްސަލައަކާ ގުޅިގެން އުއްތަމަ ފަނޑިޔާރާ ގާސިމް ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ