މިހާރު ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެނުނު އެންމެ މުޑުދާރު އެއް އަމަލަކީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ވިލިމާލޭ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހަމަދު ނިހާން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމަށް ދެއްވި ހަމަލާއެވެ.
މަޖިލީހުގެ ޖަލްސާ ހޫނުވެގެން ދިޔަ ދުވަހެއްގައި ރޮޒައިނާ ނިހާން ވާހަކަ ދެއްކެވުމަށް ދަތިކުރެއްވުމުން ނިހާންވަނީ އަނގަޔަށް ފެނައަޅާ ކޯދޮވުމަށްފަހު ލައިވް ޖަލްސާގައި ފެން ޖަހާފައެވެ.
ނިހާނުގެ އެ އަމަލާއި އެކު އެތައް ބަޔަކުވަނީ ނިހާނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ހާއްސަކޮށް މަޖިލީހުގެ އަންހެން މެމްބަރަކަށް ނިހާނު ކުރެއްވި ފުރައްސާރައެއްކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ.
އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގައި ވިލިމާލޭ ދާއިރާ ކާމިޔާބުކުރީ އެމްޑީޕީން ނިކުތް އަންހެން ކެނޑިޑޭޓެކެވެ. އެހެން ކަމުން އިއްޔެގެ ނަތީޖާއަކީ ނިހާންގެ އަމަލަށް ވިލިމާލޭ ރައްޔިތުން ހާއްސަކޮށް ވިލިމާލޭ އަންހެނުން ދިން ރައްދެއްބާއެވެ.
އިއްޔެގެ އިންތިހާބުގެ ނަތީޖާއަށް ފަހު ނިހާން ވިދާޅުވީ އިންތިހާބުގައި އޮންނަނީ މޮޅުވުމާއި ދެރަވުން ކަމުގައެވެ.inthikhaabuthakugai Onnaanee Molhuvumaai, Dhrevaun, dhe gothakee ves Democracy ge reethi usool. Molhuvi meehunnah Maruhabaa!— Ahmed Nihan (@ahmed_nihan) May 6, 2017އަދި ދެގޮތަކީވެސް ޑިމޮކްރަސީގެ ރީތި އުސޫލު ކަމުގައި ނިހާނު ވިދާޅުވިއެވެ.
މިއީ ވިލިމާލެ ދާއިރާގެ ރައްޔިތުން ނިހާނަށް ދިން ޖަވާބުތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ