ކަރަންޓު ބިލު ބޮޑުވެ، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން އެ މައްސަލަތައް ހައްލުކޮށް ރަނގަޅު ބަދަލެއް ގެނެސްދެއްވާނެކަމުގެ ފެހި ސިގްނަލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްވެފައިފިއެވެ.
އެމަނިކުފާނު މިހާރު ގއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކަނޑުހުޅުދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ކަރަންޓުގެ އަގުތަކަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން ދަތިތަކެއް ކުރިމަތިވަމުންދާ ރައްޔިތުން އުޅޭކަން އެމަނިކުފާނަށްވެސް އެނގިލައްވާކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ކަރަންޓުގެ އަގުތައް އަލުން ރިވިއުކޮށް ބަލައި ދިރާސާކުރުމަށް އިޤުތިޞާދީ ކޮމިޓީއަށް ދަންނަވާފައިވާކަމަށެވެ.
"އަޅުގަނޑަށް މިދޭތެރެއިން ރާއްޖެއިން ބޭރުގައި ހުއްޓާ މިކަން އެނގިގެން ދިޔައީމާ ބައެއް ބިލްތައް ބަލާފައި މެންބަރަކު އަޅުގަނޑަށް ފޮނުއްވައި ދެއްވި ބިލްތައް ބަލާފައި އަޅުގަނޑު މިއަދު މިއައީ އިގްތިސޯދީ ވަޒީރުންގެ ކޮމިޓީގައި ދަންނަވާފައި ބިލްތައް އަލުން ރިވިއު ކޮށްދެއްވާށޭ. އަލުން ބަލައިދެއްވާށޭ. ދިރާސާކުރައްވާށޭ." ރައީސް ވިދާޅުވިއެވެ.
މީގެއިތުރުންވެސް އެ މަނިކުފާނު ވިދާޅުވީ އަގުތައް ރިވިއު ކުރުމަށްފަހު މި ހަފްތާގެ ތެރޭގައި ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި ރައްޔިތުން ކެތްތެރިކަމާއިއެކު އިންތިޒާރުކުރުމަށް އެ މަނިކުފާނު އެދިލެއްވިއެވެ.
ދާދިފަހުން ސަރުކާރުން ކަރަންޓުގެ އަގުތަކަށް ގެނައި ބަދަލުތަކާއި ގުޅިގެން ހާއްސަކޮށް އަތޮޅުތެރޭގެ ގޭބިސީތަކުގެ ކަރަންޓުގެ އަގުތައްވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ކަރަންޓުގެ އަގުތައް ހެޔޮ ކުރައްވާނެކަމުގެ ފެހި ސިގްނަލް، ރައީސް ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ