ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު އޮމާންއަށް ފުރާވަޑައިގެންފި އެވެ.
ވީނިއުސްއާ ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މީޑިއާ ކޯޑިނޭޓަރު ޝާރިފް މުހައްމަދު ވިދާޅުވީ، ރައީސް މައުމޫންގެ މި ދަތުރުފުޅުގައި އޮމާންގެ އިސް ބައެއް ބޭފުޅުންނާއި ބައްދަލު ކުރައްވާ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ރައީސް މައުމޫން އޮމާންއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 17 ގައެވެ.
މައުމޫން އޮމާންއަށް ފުރާވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ