"ރައީސް ޔާމީން 2018" ކެމްޕޭނަށް މެނޭޖަރުން ތަމްރީނުކުރުމަށް ކުރިއަށް ގެންދާ މަހާސިންތާތަކުގެ 4 ވަނަ ބުރު ބ އަތޮޅުގައި ފަށަން ނިންމައިފިއެވެ.
މަހާސިންތާގެ ތަރުޖަމާނު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެސް ތަރުޖަމާނު އިބްރާހީމް މުޢާޛް ޢަލީ މިއަދު ވިދާޅުވީ ބ. އަތޮޅުގައި މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 8 ވަަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މަހާސިންތާ ކުރިއަށް ގެންދާނީ އަތޮޅުގެ 13 ރަށް 3 ސަރަހައްދަކަށް ބަހައި 3 ރަށެއްގައި އެކުގައި ކަަމަށެވެ.
މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ 8ވާ ބުރާސްފަތި ދުވަހުގެ ރޭ އޭދަފުށީގައެވެ.
މުޢާޛް ވިދާޅުވީ ރައީސް ޔާމީން ކެމްޕޭނު އޮފީހުން އިންތިޒާމުކުރާ މި މަހާސިންތާ ވެސް އިންތިޒާމުކުރައްވައި ހިންގެވުމުގައި އެންމެ އިސްކޮށް ހުންނަވާނީ މަހާރަނި ފާޠިމަތު އިބްރާހީމް ކަމަށެވެ. އަދި މިފަދަ މަހާސިންތާތައް ރާއްޖެތެރޭގައި ކުރިއަށް ގެންދަވަން ނިންމެވީ އަތޮޅުތަކުގައި ތިބި ސަޕޯޓަރުން އެކަމަށް ވަރަށް ބޮޑަށް އެދޭތީ ކަމަށެވެ.
މުޢާޛް ވިދާޅުވީ އަތޮޅުތަކުގައި ކުރިއަށް ގެންދާ މަހާސިންތާތަކުގައި ބައިވެރިވާނީ އެކްޓިވިސްޓުންނާއި ސަޕޯޓަރުން ކަމަށެވެ. އަދި މިމަހާސިންތާގެ ބުރުތައް ރާއްޖޭގެ ހުރިހައި އަތޮޅުތަކުގައިވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.
މުޢާޛް ވިދާޅުވީ ރާއްޖެތެރޭގައި ކުރިއަށް ގެންދާ މަހާސިންތާތަކުގައި އިލްމީ ބައިގެ އިތުރުން އަމަލީ ބައަށް ވަރަށް ބޮޑަށް އިސްކަން ދެއްވާނެ ކަމަށެވެ. އެގޮތުން ބައިވެރިން ގޭގެއަށް ގޮސް ފޯމް ފުރުން ފަދަ ކަންކަން މަހާސިންތާގެ ތެރެއިން ކުރިއށް ގެންދާނެ ކަމަށެވެ.
"ރައީސް ޔާމީން 2018" ކެމްޕޭން މަހާސިންތާ ބ އަތޮޅުގައި ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ