ފުލުހުންނާއި ތ.ކިނބިދޫ ސްކޫލް ގުޅިގެން އެސްކޫލުގެ ބެލެނިވެރިންނަށް ކަސްރަތު ޕްރޮގްރާމެއް ފަށައިފި

ތ.ކިނބިދޫ ޕޮލިސް ސްޓޭޝަނާއި ތ.ކިނބިދޫ ސުކޫލާއާއި ގުޅިގެން އެސްކޫލު ދަރިވަރުންގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކަސްރަތު ޕުރޮގުރާމެއް ފަށައިފިއެވެ.
ފުލުހުން ބުނީ މި ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށގެން 1 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގްރާމަކީ ތ.ކިނބިދޫ ސްކޫލްގެ ބެލެނިވެރިންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބި ބައަކަށް ހެދުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާއް ކަމަށެވެ.
މިޕްރޮގްރާމުގައި ކަސްރަތުގެ މުހިއްމު ކަމާއި ބެހޭ ގޮތުން މަޢުލޫމާތު ދީ ކެއިން ބުއިމުގެ އާދަތައް ބަހައްޓަންވީ ގޮތާއި ބެހޭ ގޮތުން މަޢުލޫމާތު ދެވޭނެކަމަށާއި އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރަނގަޅު ކާނާ ބޭނުންކުރުމާއި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކަކީ ކޮބައިކަން ބައިވެރިންނަށް ދަސްކޮށްދެވޭނެ ކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން މި ޕްރޮގްރާމުގައި ކަސްރަތު ކުލާސްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ކިނބިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ކިނބިދޫ ސްކޫލުގެ ގިނަ ޢަދަދެއްގެ ބެލެނިވެރިން ބައިވެރިވާކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ