ކޮރޯނާ ވައިރަހާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ކޮރޯނާ ވައިރަހަށް ރައްކާތެރިވުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއެކު މިއަދު މަޝްވަރާ ކުރައްވައިފ އެވެ.
Advertisement
މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި ވަނީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން ދުރާލާ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ. ރައީސް ސޯލިހު ވަނީ ރާއްޖޭގެ އެއާޕޯޓްތަކާއި ހޮސްޕިޓަލުތަކުގައި އަޅުއްވާފައިވާ ފިޔަވަޅުތަކާއި ރަށު ފެންވަރުގައި އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ދެއްވާފަ އެވެ. އޭގެ ތެރޭގައި ކޮރޯނާ ވައިރަހަށް ހާއްސަކޮށް ހުޅުމާލޭގައި 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމުކޮށްފައިވާ ކަމާއި، އަދި މި ދަރުމަވަންތަ ހޮސްޕިޓަލުގައި ހަތަރު އެނދުގެ ޖާގައިގެ އައިސޮލޭޝަން އައިސީޔޫއެއް ޤާއިމުކޮށްފައިވާ ކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން ކޮރޯނާ ވައިރަސްގެ ހޮޓްލައިންގެ ގޮތުގައި ކޯލް ސެންޓަރެއް ޤާއިމުކޮށްފައިވާ ކަމަށާއި، މި ބައްޔަށް ޝައްކުކުރެވޭ މީހުން އުފުލުމަށް ތިން އެންބިއުލަންސް މިހާރު ޚާއްޞަކުރެވިފައިވާ ކަމަށާއި، ކޮރޯނާ ވައިރަސްއާ ގުޅޭ ކްލިނިކަލް ޤައިޑްލައިންސް ހިމެނޭ ގޮތަށް ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާސްތައް ތައްޔާރު ކުރެވިފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.ޓުއަރިޒަމް ދާއިރާގެ އިސް ފަރާތްތަކާއެކު މިއަދު ބޭއްވި މި ބައްދަލުވުމުގައި ކޮރޯނާ ވައިރަސްއަށް ދުރާލާ ފިޔަވަޅު އެޅުމުގެ ގޮތުން ރިޒޯޓްތަކާއި ސަފާރީ އުޅަނދުތަކާއި އަދި އެ ނޫން ވެސް ފަތުވެރިންނާ ގުޅޭ ޚިދުމަތްތައްދޭ ތަންތަނުން އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޓުއަރިޒަމް ދާއިރާގެ އިސް ފަރާތްތަކުން ވަނީ މިކަމާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓްރީއާ އަދި ޓުއަރިޒަމް ދާއިރާގެ ކަމާބެހޭ ހުރިހާ ފަރާތްތައް ހިމެނޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮރޯނާ ވައިރަސްއަށް ދުރާލާ ފިޔަވަޅު އެޅުމުގެ ގޮތުން އެއާޕޯޓްތަކުގައި ޚާއްޞަ ފިޔަވަޅުތައް އެޅުއްވުމުގެ މުހިންމުކަން އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ