ވަގަށް ނަގާފައިވާ ކަރަންޓު ކީހެއް ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެގޮތުން އޭނާ ހައްޔަރުކުރީ 29 ވަނަ ދުވަހުގެރޭ 19:38 ހާއިރު ވަގަށް ނަގާފައިކަމަށް ބެލެވޭ ކަރަންޓް ކީހެއް ވިއްކަން ނޯތް ހާބަރު ބޯޓުތަކަށް އަރަމުންދަނިކޮށް މާފަންނު ޕޮލިސް ޕެޓްރޯލް ކުރަމުން ދަޔައިރު ފެނިގެން ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކަރަންޓު ކީހެއް ވަގަށް ނަގައިގެން ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ