ރ އަތޮޅާއެކު 9 އަތޮޅަކަށް މޫސުން ގޯސްވާނެތީ ޔެލޯ އެލާޓް

ރާއްޖޭގެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރާގެ ސަބަބުން މިއަދު ވެސް މޫސުން ގޯސްވާނެތީ ރ އަތޮޅާއެކު ނުވަ އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ގަދަވަޔާއެކު ބޯކޮށްވާރޭވެހި، ކަނޑުތައް ގަދަވާނެތީ ހއ އަތޮޅުން ފެށިގެން އ އަތޮޅުގެ ސަރަހައްދުތަކަށް މިއަދު 06:30 އިން 10:30 ގެ ނިޔަލަށް ޔެލޯ އެލާޓް ވަނީ ނެރެފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރ އަތޮޅުގެ އަތޮޅުފެރީގެ ދަތުރުތައްވެސް މިއަދުވަނީ މެދުކަނޑާލާފައެވެ.
އެއިދާރާއިން ވަނީ އެއަތޮޅުތަކަށް ގަޑިއަކު 30 މޭލާ 40 މޭލާ ދެމެދުގެބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް ބުނެފައެވެ.
އޭގެއިތުރުން މީޓިއޮލޮޖީން ބުނިގޮތުގައި ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށެވެ. އަދި ހުރިހާ ފަރާތުތަކުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
00 ޓެގްމޫސުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ