ފަސް ރަށުގެ މައްސަލަ އޭސީސީން ނިންމީ ގާސިމް އާއި އެއްކޮޅަށް

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ފަސް ރަށެއް ސަރުކާރުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށް އެ މައްސަލަ އޭސީސީ އަށް ހުށަހެޅުމުން ވެސް ގާސިމާ އެއްކޮޅަށް އެ ކޮމިޝަނުން މައްސަލަ ނިންމައިފި އެވެ.
ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ފަސް ރަށެއް ސަރުކާރުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމް ކޮށްފައިވަނިކޮށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެ މައްސަލަ އަނބުރާ އޭސީސީ އަށް ހުށަހަޅައިފަ އެވެ.
ނަމަވެސް އޭސީސީ އިން ވަނީ އެ މައްސަލަ ވިލާއާއި އެއްކޮޅަށް ނިންމިކަން ކަށަވަރުކޮށްދީފައެވެ. އަދި އެމައްސަލަތަކުގައި އެއްވެސް ވަރަކަށް ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމުގައި އޭސީސީން ފާހަގަކޮށްފައިވެއެވެ.
ވިލާ ކުންފުންޏަށް ސަރުކާރުން ދޫކުރި ފަސް ރަށަކީ ތ. އެލާ އާއި ގދ. ގަޒީރާގެ އިތުރުން ރ. މާނެންފުށި އަދި ކ. ބޮލިދުއްޕަރު ފަރުގެ އިތުރުން ކ.  އަދި އެ މައްސަލަވާވެއްދިފަޅެވެ. މި ރަށްތަކަކީ ވިލާ އަތުން 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޯދަން މީރާއިން ސިވިލް ކޯޓުގައި ދައުވާކުރާ މައްސަލަތަކާ ގުޅުން ހުރި ރަށްތަކެވެ.
ދައުލަތާ ދެކޮޅަށް ދައުވާއެއް ނުކުރަން ވިލާ އާއި ސަރުކާރާ ދެމެދުގައި އޮތް ސެޓްލްމަންޓް އެގްރިމެންޓްގައި ޝަރުތު ކޮށްފައިވާއިރު، ވިލާއިން ދައުލަތާ ދެކޮޅަށް ދައުވާ ކުރި ކުރުމަކީ ސެޓްލްމަންޓް އެގްރިމެންޓާ ވިލާއިން ޚިލާފްވުން ކަމަށް ދައުލަތުން ބުނެ އެވެ. އެހެންވެ، އޭގެ ނަތީޖާއެއްގެ ގޮތުން ސެޓްލްމަންޓް އެގްރިމެންޓް ސަރުކާރުން ވަނީ ބާތިލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ