ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތިން ދާއިރާއެއްގެ ގޮނޑި ތަމްސީލުކުރެއްވި ތިން މެންބަރުން، މެންބަރު ކަމުގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.ރައްޔިތުން މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދުއާ، ދިއްދޫ ދާއިރާގެ މެންބަރ މުހައްމަދު ލަތީފުއާއި، ވިލިގިލީ ދާއިރާގެ މެންބަރ ސައުދު ހުސައިން، މެންބަރު ކަމުން ވަކި ނުވާކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ މެންބަރު ކަމުން ވަކިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއި ގުޅިގެން އެމައްސަލައިގައި ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ. ސުޕްރީމް ކޯޓުން ވިދާޅުވީ މިދިޔަ އަހަރުގެ 28 މާޗްގައި ޕީޕީއެމް އިން ވަހީދު ވަކިކޮށްފައިވާ ކަމަށާއި ނަމަވެސް އޭނާ ޕީޕީއެމްގެ ދަފްތަރުން އުނިކޮށްފައި ނުވާތީ އުނިކޮށްދިނުން އެދި 10 ޖުލައި 2017 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގައި ސިޓީއަކުން އެދިފައިވާ ކަމަށެވެ. އަދި 11 ޖުލައި 2017 ވަނަ ދުވަހު މެންބަރު ކަމުން ވަކިކޮށްދިނުމަށް އެދި ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށް ހުކުމުގައި ވިދާޅުވިއެވެ. ނަމަވެސް ޕާޓީ އިން ވަކިކޮށްދީފައި ނުވުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާއިން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް މަތިކޮށްފައިވާ ކަންކަން ނުކުރެއްވުން ކަމަށް ޙުކުގައިވެއެވެ. އަދި ދިއްދޫ ދާއިރާގެ މެންބަރ މުހައްމަދު ލަތީފު މެންބަރު ކަމުން ވަކިކުރި ކަމަށް އިލެކްޝަނުން ކަނޑައެޅި މައްސަލައިގައި ގޮތެއް ނިންމުމަށް އެދި އޭނާ ސުޕްރީމް ކޯޓަށް ހުށްހެޅި މައްސަލައިގައި، ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމުގައި ވަނީ 18 ޖުލައި 2018 ގައި ލަތީފްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކުރާކަމަށެވެ. އަދި މީގެ އިތުރުން ސުޕްރީމް ކޯޓުން ވަނީ 18 ޖުލައި 2018 ގައި ވިލިގިލީ ދާއިރާގެ މެންބަރ ސައުދު ހުސައިންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ވެސް ބާތިލްކުރައްވާފައެވެ. ސުޕްރީމް ކޯޓުން ވިދާޅުވީ ސައުދު މިދިޔަ އަހަރުގެ 17 އޭޕްރީލްގައި ޕީޕީއެމް އިން ވަކިކޮށްފައިވާ ކަމަށާއި ޕީޕީއެމްގެ އަސާސީ ޤަވައިދުގެ ދަށުން އެމައްސަލަ އިސްތިއުނާފް ކުރެވޭނީ ސައުދުއަށް ކަމަށެވެ. ޕީޕީއެމްއަށް އެމައްސަލަ އިސްތިއުނާފް ކޮށް އަލުން އޭނާ ޕާޓީ އިން ވަކިނުކުރާ ކަމަށް ނުނިންމޭނެ ކަމަށް ކޯޓުގެ ޙުކުގައިވެއެވެ. ސުޕްރީމް ކޯޓުގެ ޙުކުގައި ވިދާޅުވީ ސައުދު ޕީޕީއެމްގެ ދަފްތަރުން އުނިކޮށްފައި ނުވާތީ އުނިކޮށްދިނުން އެދި 10 ޖުލައި 2017 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގައި ސިޓީއަކުން އެދިފައިވާ ކަމަށެވެ. އަދި 11 ޖުލައި 2017 ވަނަ ދުވަހު މެންބަރު ކަމުން ވަކިކޮށްދިނުމަށް އެދި ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށާއި، ނަމަވެސް ޕާޓީ އިން ވަކިކޮށްދީފައި ނުވުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާ އިން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް މަތިކޮށްފައިވާ ކަންކަން ނުކުރެއްވުން ކަމަށް ޙުކުގައިވެއެވެ. އަދި އޭގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރ މުހައްމަދު އަމިތުގެ ގޮނޑި ވެސް ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ