ޖަނަރޭޓަރަށް މައްސަލަ ދިމާވެ ދަރަވަންދޫން ކަރަންޓު ކަނޑާލަނީ

ބ. ދަރަވަންދޫގައި ކަރަންޓް ދެމުން އަންނަ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އެރަށުގެ ބައެއް ސަރަހައްދު ތަކުން ކަރަންޓް ކަނޑަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ދަރަވަންދޫގައި ކަރަންޓް ފޯރުކޮށްދެމުންދާ އިންޖީނުގެ ތެރެއިން 250 ކިލޯ ވޯޓްގެ ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މިއަދު ހެނދުނުން ފެށިގެން ޕީކް ގަޑިތަކުގައި ކަރަންޓް ނުހިފޭއްޓޭތީވެ، އެރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑަމުންދާނެ ކަމަށެވެ.
ފެނަކައިން ބުނީ، ޖަނަރޭޓަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ފެނަކައިގެ އިންޖިނިއަރުންގެ ޓީމެއް އެރަށުގައި ހަރަކާތްތެރި ވަމުންދާ ކަމަށާއި މައްސަލަ ވީހާވެސް އަވަހަކަށް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކަރަންޓްގެ ހިދުމަތް އާންމު ހާލަތަކަށް ގެނެވެންދެން މަތީ ލޯޑް ނަގާ އިލެކްޓްރޯނިކްސްތައް މަދުން ބޭނުން ކުރުމަށް ފަނަކައިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ