ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އުމަަރު ނަސީރު ކެންޕެއިންކުރައްވަމުން ގެންދަވާއިރު އެމަގާމަށް އޭނާއާ އެކު ވާދަކުރައްވަމުން ގެންދަވާ އަބްދުﷲ ޔާމީނާ ދެކޮޅަށް އެންޓި ކެންޕެއިން ކުރައްވަމުން ނުގެންދަވާ ކަމަށް އުމަރު ވިދާޅުވެއްޖެ އެވެ.
އުމަރާއި އެކު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މައުމޫންގެ ކޮއްކޯފުޅު އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާ ދެކޮޅަށް އުމަރު އެންޓި ކެމްޕޭން ކުރައްވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރަމުން އުމަރުގެ ކެމެޕެއިން ޓީމް، "ޓިމް އުމަރު"ން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްވެސް ކެނޑިޑޭޓަކާ ދެކޮޅަށް އުމަރު އެންޓި ކެންޕެއިން ނުކުރައްވާނެ ކަމަށާއި އެސްއެމްއެސް، ސޯޝަލް މީޑިއާ ނުވަތަ އެނޫން އެހެން ޒަރިއްޔާއަކުން ވެސް ވާދަވެރި އަނެއް ކެނޑިޑޭޓަކާ ދެކޮޅަށް އެންޓި ކެންޕެއިން ކުރުމަކީ އުމަރު ތަރުހީބު ދެއްވާނެ ކަމެއް ނޫން ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް މިހާރު ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އޮންނަ އެޕާޓީގެ ކޮންގްރެސްގަ އެވެ. ނަމަވެސް އުމަރާއި ޔާމީން ވަނީ އެ ދެބޭފުޅުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން މިހާރުވެސް ރަސްމީކޮށް ކެމްޕެއިން ފައްޓަވާފަ އެވެ.
ޔާމީނާ ދެކޮޅަށް އުމަރު އެންޓި ކެމްޕޭނެއް ނުކުރައްވާނެ: ޓީމް އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ