ޔޫތު ކަޕް މާދަމާ ހަވީރު ފަށާނެ، ފުރަތަމަ މެޗުގައި ބުންވަރު އެފް.ސީ އަދި މަހީގެ ކުރިމަތިލުމެއް!

މީދޫގެ ޒުވާނުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޔޫތު ކަޕް ފުޓުސަލް މުބާރާތް މާދަމާ ފަށާނެއެވެ. މި މުބާރާތުގައި ޖުމްލަ 7 ޓީމަކުންވަނީ ބައިވެރިވެފައެވެ.
 
މި މުބާރާތުގެ މެޗުތައް ކޮންމެ ދުވަހެއްގެ ހަވީރާއި ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާއިރު މާދަމާ ހަވީރު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގެ މަހީ އަދި އެފް.ސީ އަދި ބުންވަރު އެފް.ސީއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:45 ގައެވެ.
 
މާދަމާ ރޭ ގުރޫޕް ބީ ގެ ފުރަތަމަ މެޗުގައި ގާގަނޑު އެފް.ސީން އައިވެންޓަސް އާއިދެކޮޅަށް ނިކުންނާނެއެވެ. މި މެޗު ފަށާނީ ރޭގަނޑު 10:00 އެވެ. ގުރޫޕް ބީގެ ދެވަނަ މެޗުގައި މާދަމާ ރޭ 11:15 ގައި ތަންގަނޑު އެފް.ސީއިން ނިކުންނާނީ އެމް.ކޮކޯ އެފް.ސީ އާއި ދެކޮޅަށެވެ.
 
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ