ރާއްޖޭގައި އުފައްދާ ކަރަންޓުގެ މަދުވެގެން %24 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަކީ އަމާޒެއް: ޑރ. ޙުސެން

2023 ނިމުމުގެ ކުރިން ރާއްޖޭގައި އުފައްދާ ކަރަންޓުގެ މަދުވެގެން %24 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަ ޑރ. ޙުސެން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޑރ، ޙުސައިން މިހެން ވިދާޅުވީ "ހަ ރަށެއްގައި އިރުގެ އަލިން ހަކަތަ އުފެއްދުމަށް ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއްޖެ" މި ސުރުޚީގެ ދަށުގައި ނޫހަކުން ގެނެސް ދީފައިވާ ޚަބަރެއް ޓުވީޓާގައި ހިއްސާ ކުރަށްވަމުން ކުރެއްވި ޓުވީޓެއްގައި އެވެ.
މިނިސްޓަރު ޑރ. ޙުސައިން ވިދާޅުވީ 2023 ގެ ނިމުމުގެ ކުރިން ރާއްޖޭގައި އުފައްދާ ކަރަންޓުގެ މަދުވެގެން %24 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަކީ ‎ޞާލިޙްގެ ސަރުކާރު ގެ އަމާޒެއް ކަމަށެވެ.
"21 މެގަވޮޓު މަސްރޫއު އަކީ މިއަމާޒަށް ވާސިލު ވުމަށްކުރާ މަސައްކަތެކެވެ." މިނިސްޓަރު ޑރ. ޙުސައިން ވިދާޅުވިއެވެ.
އެކްސެލެރޭޓިންގް ރިނިއުބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިސް) މަޝްރޫއުގެ ދަށުން 6 ސަރަހައްދެއްގައި 21 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ގާއިމްކުރުމަށް ހުޅުވާލުމުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރީން ވަނީ ބުނެފައެވެ.
ވާލްޑް ބޭންކުގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީ އިން ތަންފީޒުކުރަން ރާވާފައިވާ "އެރައިސް" މަޝްރޫއުގެ ދަށުން އެ މަޝްރޫޢު ހިންގަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށި އަދި ޅ. ހިންނަވަރުގައެވެ.
އިއާދަކުރަނިވި ހަކަތައިގެ މި މަޝްރޫއުގެ ޕްރީ-ކޮލިފިކޭޝަން ހުށަހެޅުމުގެ އެންމެ ފަހުގެ މުއްދަތު 19 އޯގަސްޓް 2020 އަށް ހަމަވެފައިވާއިރު މިކަމަށް ޝައުގުވެރިކަން ފާޅުކޮށް 61 ކުންފުންޏަކުން ވަނީ ރަޖިސްޓްރީ ކޮށްފައިވެއެވެ. މީގެ ތެރެއިން 36 ކުންފުންޏަކުން ވަނީ ޕްރީ-ކޮލިފިކޭޝަން ހުށަހަޅާފައި ކަމަށް އެންވަޔަރަމަންޓް މިނިސްޓަރީން ބުނެއެވެ.
އެރައިސް މަޝްރޫއަކީ ރާއްޖޭގައި ބޭނުން ކުރެވޭ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް އިތުރުކޮށް، ރަށްތަކުގެ ކަރަންޓު ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ގޮތުން ވާލްޑް ބޭންކުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ