ފުޅިއާއި ދަޅުފަދަ ތަކެތި ހަންގަނޑުގައި ތަތްކޮށްގެން އާމްދަނީ ހޯދާ މީހެއް

އާދަޔާ ހިލާފަށް ހަށިގަނޑުގައި ބާރު ހުންނަ އިންސާނުން އަހަރެމެންނަކަށް ނުފެނެއެވެ. އަދި މިފަދަ ހައިރާންކޮށްލެވޭ ބާރުތަކެއް ލިބިފައިވާ މީހުން އަހަރެމެންނަށް ފެންނަނީ އެކި އެކި ކެރެކްޓާތަކުންއެވެ.
އެގޮތުން އެންމެ ބާރުގަދަ ކެރެކްޓަރ ތަކުގެ ތެރޭގައި ސުޕަމޭން، ހަލްކު، އަޔަންމޭން، ބެޓްމޭން، އެކްސްމޭން، ފަދަ އެތައް ކެރެކްޓާތަކެއް ހިމެނެ އެވެ. އެހެންނަމަވެސް މިފަހަރު މިއޮތީ ހައިރާންވެ އަންތަރީސްވާ ވަރުގެ ވާހަކައެކެވެ. އެކްސް މޭން ގެ ނަމުން ނަންދެވިފައިވާ އެމެރިކާއަށް ނިސްބަތްވާ ޖޭމްސް ކިތޯން މިވަނީ އެންމެން ސިއްސުވާލާފައެވެ.
ސާޅީސް ހަތް އަހަރުގެ ކީތޮން އަކީ އޭނާގެ ހަންގަނޑަށް އާދަޔާހިލާފް ބާރެއް ލިބިފައިހުރި މީހެކެވެ. އެނާގެ ހަންގަނޑުގެ ހުރި އާދަޔާހިލާފު ބާރުގެ ސަބަބުން ބޮޑެތި ދަޅު އަދި ފުޅިތައް ގައިގެ ހަންގަނޑުގައި ތަތްކޮށްލައެވެ. މި އަޖާއިބުކުރެވެނި އާދަޔާ ހިލާފު ހުނަރު އޭނާގެ ގައިގައި ކުރިން ހުންނަކަމެއް ހުދު ކިތޯންއަކަށްވެސް ނޭންގެއެވެ. ކީތޮން ބުނީ، އޭނާގެ ގައިގެ ހަންގަނޑުގައި އެއްޗެހި ތަތްލާކަން އޭނާއަށް ފާހަގަ ކުރެވުނީ އުމުރުން ހަތް އަހަރުގައި ކަމަށެވެ. ކީތޮން އެންމެ ގިނައިން އެފަދަ ތަކެތި ތަތްކުރަނީ އޭނާގެ ބޮލުގައެވެ. އަދި ތަފާތު ފުޅިތަކާއި، ދަޅުތައް އޭނާގެ ބޮލުގައި ތަތްކޮށްގެން މީހުންނަށް ސާވް ކޮށްދޭކަމަށް ކީތޮން ބުނެއެވެ.
އަދި މި އާދަޔާ ހިލާފު އުކުޅު ކީތޮން ގައިގައި ހުރުމުން ބައެއް ޑޮކްޓަރުންވަނީ އެފަދަ ކުޅަދާނަކަމެއް އޭނާއަށް ލިބިފައިވަނީ އޭނާގެ ހަށިގަނޑަށް ލިބިފައިވާ ހޫނެއްގެ ސަބަބުން ކަމަށް ބުނެފައެވެ. އާދައިގެ މީހެއްގެ ގައިގައި ހުންނަ ހޫނުމިނައްވުރެ ކީތޮންގެ ގައިގެ ހޫނުމިން އެތައް ގުނައެއް މަތިކަމަށް ޑޮކްޓަރުން ބުނާކަމަށް ކީތޮން ބުނެއެވެ. އެއްފަހަރާ އެންމެ ގިނަ ދަޅު ގައިގައި ތަތްކުރި މީހާގެ ރެކޯޑްހަދައި ކީތޮން ވަނީ ވޯލްޑް ރެކޯޑް ފޮތުން ޖާގަވެސް ހޯދާފައެވެ. އޭނާގެ ހަށިގަނޑުގައި ތަކެތި ތަތްކޮށްލުން މިހާރު އޭނާ ހަދާފައިވަނީ އާމްދަނީ ލިބޭ ކަމަކަށެވެ. އެގޮތުން އެކަންތައް ބަލަންބޭނުންވާ މީހުންނަށް އެ ހުނަރު ދައްކައިގެން ހަފްތާއަކު، ފަނަރަސަތޭކަ ޑޮލަރާއި އަށްހާސް ޑޮލަރާ ދެމެދުގެ އަދަދަކަށް އާމްދަނީ ހޯދާކަމަށް އޭނާ ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ