އިންޑިއާ އާއި ޗައިނާގެ ކޯޅުމުގެ ތެރެއަށް ރާއްޖެ ނުވަންނާނެ: އުމަރު
އިންޑިއާ އާއި ޗައިނާގެ ކޯޅުމުގެ ތެރެއަށް ރާއްޖެއިން ނުވަންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.ހޯރައަށް ދެއްވި އިންޓަވިއު އެއްގައި އުމަރު ވިދާޅުވީ ރާއްޖެއިން އިންޑިއާ އާއި ޗައިނާއާ އެކު އަޚްވަންތަ ކަމުގެ ގުޅުމެއް ބާއްވަމުން އަންނަތާ އެތައް ހާސް އަހަރެއް ވެއްޖެ ކަމަށެވެ. ރާއްޖޭގެ ހުރިހާ ރަސްރަސްކަލުންނާއި ބޮޑުވަޒީރުންނާއި ރައީސުން ވަނީ މި ގުޅުން ހަލަބޮލި ނޮކޮށް ދަމަހައްޓާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.ނަމަވެސް 2008 ވަނަ އަހަރުން ފެށިގެން ރާއްޖެ ވަކި ފަޅިއެއް ނެގުމާ ގުޅިގެން މި ހަލަބޮލިކަން އުފެދިއްޖެ ކަމަށް އުމަރު ވިދާޅުވިއެވެ.އޭނާ ވިދާޅުވީ ދިވެހި ފަސްގަޑުގައި ބިދޭސީ އެއްވެސް ބާރަކަށް ސިފައިން ނުބޭތިއްބޭނެ ކަމަށާއި ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށެވެ.2023 ވަނަ އަހަރު މާތްﷲ ގެ ވާގިފުޅާ އެކު ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ އެއްވެސް ގައުމެއްގެ އުނގަކަށް ނުވެއްޓޭނެ ކަމަށާއި އިންޑިއާ އަދި ޗައިނާއާ އެކު ވެސް ގާއިމް ކުރާނީ އަޚްވަންތަ، މީގެކުރިން ދިވެހި ތާރީޚް ދައްކާފައި ހުރި ގުޅުމެއް ކަމަށް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ