ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓަކީ އެލެކްސް އަހުމަދު؟

ޓްވިޓަރގައި ހަރަކާތްތެރިވާ އެލެކްސް އަހުމަދު އެކައުންޓަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ނުރަސްމީ އެކައުންޓްކަމަށް އެ އެކައުންޓުން ބުނެފިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިންވެސް ގިނަ ބަޔަކު ވަނީ އެއީ ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓްކަމަށް ތުހުމަތުކޮށްފައެވެ. އަދި އެކަމަށް ބާރުލިބިދޭފަދަ ގޮތްތަކަށް އެ އެކައުންޓުން ވަނީ ޓްވީޓްވެސް ކޮށްފައެވެ. 
އިއްޔެގެ ވަގުތެއްގައި އެލެކްސް އަހުމަދު ކުރި ސިޔާސީ ޓްވީޓެއް ރީޓްވީޓްކޮށް، އާންމުންގެ ފަރާތަކުން ވަނީ "ފިނޑިނުވެ" ވެރިފައިކޮށްފައިވާ އެކައުންޓުން ވާހަކަދެއްކުމަށް އެދިފައެވެ. މިކަމަށް އެލެކްސް އަހުމަދު ދިނީ، މަޖާ އެހެނަސް ސިއްސައިގެން ދާނެފަދަ ޖަވާބެކެވެ.
"ދެން ކިތަށް ފަހަރު ބުނެފިން މިއީ އަޅުގަނޑު ކެނެރީގޭ ނަޝީދޭ. އެލެކްސް އަކީ އަޅުގަނޑުގެ ނުރަސްމީ އެކައުންޓް"، އެލެކްސް އަހުމަދު އެކައުންޓުން ބުނެފައިވެއެވެ. މި އެކައުންޓަކީ ހަމަ އަސްލުގައިވެސް ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓްކަން ރަސްމީގޮތުން މިހާތަނަށް ކަށަވަރުވާގޮތް ވެފައެއް ނުވެއެވެ.
އެލެކްސް އަހުމަދު އެކައުންޓުން ރޭ ވަނީ އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒް އިސްމާއިލް މަގާމުން ދުރުކުރުމާއި ބެހޭގޮތުން ގިނަ ވާހަކަތަކެއް ދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ