މުމްބާއީގައި ބޮން ގޮއްވުމަށް އެހީވި މީހާ މަރަން ސްޕްރީމް ކޯޓުން ވެސް ތާއީދު
ނިއު ދިއްލީ (ޖުލައި 22) - އިންޑިއާގެ ހުޅަނގުގެ ސިޓީ މުމްބާއީގައި 1993 ވަނަ އަަހަރު ސިލްސިލާ ގޮތެއް ދިން ބޮމުގެ ހަމަލާތަކަށް މާލީ ގޮތުން އެހީވި ޔަކޫބް މެމޮން މަރަން ކުރި ހުކުމަށް އިންޑިއާގެ ސްޕްރީމް ކޯޓުން ވެސް ތާއީދުކޮށްފި އެވެ. މެމޮން އަކީ، އިންޑިއާ ޕާލަމެންޓަށް 2001 ވަނަ އަހަރު ދިން ހަމަލާއާ ގުޅިގެން 2013 ވަނަ އަހަރު ދަންޖައްސާ މެރި އަފްޒަލް ގުރޫ އަށް ފަހު އިންޑިއާގައި މަރުގެ އަދަބު ތަންފީޒު ކުރާ ފުރަތަމަ މީހާ އެވެ. މުމްބާއީގައި ދިން ބޮމުގެ ހަމަލާތަކުގައި 257 މީހުން މަރުވެ 713 މީހުން ޒަޚަމްވި އެވެ. ސްޕްރީމް ކޯޓުގެ ފަހުގެ ނިންމުން އައުމުގެ ކުރިން ވެސް މި މަހު ފަހުކޮޅު މެމޮން މަރަން މަހާރާސްތުރާ ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ. މެމޮން މަރަން 2007 ވަނަ އަހަރު ހުުކުމް ކުރީ މުމްބާއީގެ ޚާއްސަ ކޯޓަކުންނެވެ. ޗާޓާޑް އެކައުންޓެންޓެއް ކަމަށްވާ މެމޮން އަކީ ބޮމުގެ ހަމަލާ ރޭވުމާއި މާލީ ގޮތުން އެހީތެރިވެ ދިން ކަމަށް ބެލެވުނު މީހާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ